mohamedrayyan/dhivehi-news-lora-qwen3-30b
Text Generation • Updated
• 7
title stringlengths 1 255 | content stringlengths 1 35.3k |
|---|---|
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން، އަނިޔާވެފައި އޮއްވައި ފެނުނު މީހާ މަރުވެއްޖެ | ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު ތޮށި މޫދުން އަނިޔާވެފައި އޮއްވައި މިއަދު ފެނުނު މީހާ މަރުވެއްޖެއެވެ.އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މޫދުން ފެނުނު މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި މި މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވާ ކަމަށެވެ. އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ދެންމެ ބުންޏެވެ.އޭނާ އަށް އަނިޔާވީ، ތޮށިގަނޑާ ދިމާލުން ދުއްވާފައި ދިޔަ "އުޅަނދެއް" ގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.އުމުރުން 55 އަހަރުގެ މީހާ މޫދަށް އެރި އުޅުނު ސަރަހައްދުގައި ލޭންޑިން ކްރާފްޓެއް އޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް އަނިޔާވީ އެ ލޭންޑިން ކްރާފްޓް އޭނާގެ ގައިމަތިން ދިޔުމުންނެވެ.އަނިޔާވެފައި އޮއްވާ ފެނުނު މީހާ މޫދުން ނަގާ މަންޒަރުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ މޫދުން ނަގައިގެންދާއިރު އެއްވެސް ހަރަކާތެއް ނެތެވެ. އެ ސަރަހައްދަކީ އާއްމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދެއް ނޫނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. |
ކެފޭއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ | މާލެގައި މިރޭ ހިންގި މާރާމާރިއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭ އެއްގައި މާރަމަރިއެއް ހިންގަފައިވާ މައްސަލައެއް މިރޭ ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މާރާމާރީގައި 44 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެއވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާކަމަށާއި އެ މައްސަލަ ތަޙްޤީގު ކުރަމުންދާކަމަށެވެ. |
ލޭންޑިން ކްރާފްޓުން ޖެހުނު މީހާ މަރުވެއްޖެ | ފުލުހުން ބުނީ އަނިޔާވި މީހާއަށް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށެވެ. އެއީ 55 އަހަރުގެ މީހެއް ކަމަށް ވެސް ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރު ތޮށި މޫދުގައި އޮއްވާ ލޭންޑިން ކަރާފްޓެއް ގައިމަތީން ދިއުމުން އަނިޔާވި މީހާ ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހާއަށް ފަރުވާ ދެނިކޮށް މަރުވެފައިވާ ކަމަށެވެ. އެއީ 55 އަހަރުގެ މީހެއް ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރާ މައްސަލަ ކޯޓުން ބަލައިގެންފި | ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލައް ސުޕްރިމް ކޯޓަށް ހުށަހެޅީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. މެމްބަރު އަލީ ހުސައިން މި މައްސަލަ ހުށަހެޅުއްވީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށް ވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ބުނެފައެވެ.
މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓުން ވަނީ ތަދައްހުލްވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން، ގޮނޑި ގެއްލުމުގެ އިތުރުން ވެސް ކަންތައްތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.
މި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެއް ދުވަހުގެ ތެރޭގައި ނިންމާލާ، ހަމަ އެ ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިސްލާހު ތަސްދީގުކުރައްވާފައެވެ. މި އިސްލާހަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުން އަންނައިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހަށްވެސް އިންތިޚާބުވި މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެމްބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ފަދަ ބިލެއް ވައްދައި އެ ބިިލް ފާސްކޮށްފައިވެއެެވެ. |
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި | ހުސްވެފައިވާ އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ ދެ މެމްބަރުންނަކީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާތާއި، ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފެވެ. އެ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމީ މަގާމުގެ ޒިއްމާތައް އަދާނުކުރާތީއެވެ.
އިލެކްޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
Advertisement
އިލެކްޝަނަށް ދެ މެމްބަރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، ކޮމިޝަނުގައި މިހާރު ތިއްބެވީ ދެ މެމްބަރުންނެވެ. ކޮމިޝަނުގެ ރައީސްއަކަށް ހުންނެވި ފުއާދު ތައުފީގުވެސް ދައުރުހަމަވުމުން މިހާރު އީސީގެ ރައީސްކަމުގެ މަގާމުވެސް ވަނީ ހުސްވެފައެވެ. އީސީއަށް ދެން މެމްބަރަކު އައްޔަނުކުރެވޭނީ ރައީސް ނަމެއް ފޮނުވުމުން މަޖިލީހުން އެ ނަން ފާސްކޮށްގެންނެވެ. |
ކެފޭއެއްތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމު ކޮށްލައިފި | މާރާމާރީގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެފައި ވެ އެވެ. ވީޑިއޯ ގައި ފެންނަ ގޮތުން އެ މީހާގެ މޫނު މައްޗަށް ވަނީ އަނިޔާވެފަ އެވެ.
ކެފޭއެއްތެރޭ މާރާމާރީ ހިންގާ މީހަކު ޒަހަމު ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނު ޝަހީދު އަލީ ގޯޅީފައި ހުރި ކެފޭއެއްގެ ތެރޭގައި މާރާމާރީ އެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީ ގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.މާރާމާރީގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެފައި ވެ އެވެ. ވީޑިއޯ ގައި ފެންނަ ގޮތުން އެ މީހާގެ މޫނު މައްޗަށް ވަނީ އަނިޔާވެފަ އެވެ. ނޭފަތް ކައިރީ ގިނަ އަދަދަކަށް ލޭ ހުއްޓާ ފެނެ އެވެ.މާރާމާރީ ހިނގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ޚާރިޖީ ވަޒީރުގެ އަރިހަށް، ޗައިނާ ސަފީރާއި އިންޑިއާ ސަފީރު ވަދާޢީ ޒިޔާރަތްކުރައްވައިފި | ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިން އާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަނޫ މަހާވަރު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިންޑިއާއާއި ޗައިނާގެ ސަފީރު ވަދާޢީ ޒިޔާރަތްކުރެއްވީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ދައުރު ހަމަވާން ގާތްވެފައިވާތީއެވެ. ވަކިވަކީން ބޭއްވެވި މި ބައްދަލުވުންތައް ކުރިއަށްދިޔައީ ޚާރިޖީ ވުޒާރާގައެވެ.
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިޔަށް ދިޔަ މުހިއްމު މަސައްކަތްތަކާއި ޙާޞިލުކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްޗައި ވާހަކަ ދެއްކެވިކަމަށެވެ. އަދި މިހާރު ކުރިޔަށް ގެންދާ މުހިއްމު މަޝްރޫޢުތަކުގެ ފަހުގެ އަދާހަމައާއި ކުރިޔަށް ރޭވިފައި ހުރި މަސައްކަތްތަކާގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ޗައިނާ ސަފީރު ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެކަމަނާ ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެ.
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަނޫ މަހާވަރު ޚާރިޖީ ވަޒީރު ޑރ. ޚަލީލް އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި ފާއިތުވެދިޔަ އަހަރުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅުގައި އެއްބަސްވެވުނު ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް އަދި މުހިންމު ރަށްރަށުގެ ފަރުދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ރޫޕޭ ކާޑު އޮޕަރޭޝަނަލައިޒް ކުރުމާއި، ޔޫޕީއައި ތައާރަފް ކުރުމާއި، ލޯކަލް ކަރަންސީ ޓްރޭޑް އެގްރީމަންޓްތަކަކީ އިގްތިސާދަށް އެޅުނު ހަރުދަނާ ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް، ދެޤައުމުގެ ދޭދޭ ފަރުދުން މެދުގައި އާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، ދެގައުމުގެ މެދު މުއާމަލާތްތަކަށް މަގުފަހިކޮށްދިނުމުގައި ސަފީރު އަދާކުރެއްވި މުހިންމު ދައުރަށް ވަޒީރު ތައުރީފު ކުރެއްވިއެވެ.
އިންޑިއާ ސަފީރު މަނޫ މަހާވަރު ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ. |
ގެދޮރުވެރިކަމުގެ ރަން ޒަމާނަކަށް ފެށިގެން މިދަނީ މުޅިން އައު ބާބެއް! | ވެރިކަންކުރާ މާލެ ސިޓީ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ދެލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއެވެ.
ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެމުންދާ މާލެ ސިޓީގައި 1987 ވަނަ އަހަރު އާބާދީއަކީ 20،000 މީހުންނެވެ. 2006 ވަނަ އަހަރު އާބާދީ ވަނީ 100،000 މީހުންނަށް އިތުރުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން މާލޭއަށް ހިޖުރަކުރަންޖެހެނީ ގިނަ ރަށްރަށުގައި ސިއްހީ ޚިދުމަތް، ތައުލީމު، އަދި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނެތުމުންނެވެ. އެކި ކަންކޮޅުތަކުން މާލެއަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާއަކަށްވެފައިވަނީ މާލެއަކީ އިންތިހާއަށް ތޮއްޖެހިފައިވާ ބައިބޯ ތަނަކަށްވުމެވެ. ރަށްފުށުގެ ހިތްގައިމު ތަނަވަސް ބޮޑެތި ގޯތިތައް ދޫކޮށް އެ ރައްޔިތުން މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ކުދި ޖާގައިގައި ނުހަނު ހިތްދަތިކަމުގައެވެ.
އުފަން މާލޭ ރައްޔިތުންގެ ތެރެއިން ވެސް ގިނައީ އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން ދިރިއުޅޭ އާއިލާތަކެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް އާއިލާއެއް އުޅެންޖެހުމުގެ ސަބަބުން ދިމާވާ އިޖްތިމާޢީ އެތައް މައްސަލަތަކަކާވެސް އެ އާއިލާތަކުން ދަނީ ކޮންމެ ދުވަހަކުމެ ކުރިމަތިލަމުންނެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.
ތޮއްޖެހުމަކީ މާލޭގެ ގިނަ އިޖުތިމާއީ މައްސަލަތަކުގެ އެންމެ ބޮޑު އަސްލަށްވާއިރު، މިމައްސަލަ ހައްލު ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރެވެއެވެ. ވެރިކަމަށް އަންނައިރު މެނިފެސްޓޯގައި އެންމެ ބޮޑު އެއް ސިޔާސަތަކަށް ވަނީ މިމައްސަލައަށް ހައްލު ހޯދުމެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން ހިއްކަން ނިންމާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއެވެ.
ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯއާއި އެއްގޮތަށް ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ރަސްމާލެ ސިޓީގެ ނަމުން ގާއިމު ކުރެވޭނެއެވެ. އަދި ސިޓީ ގާއިމްކޮށް ނިމޭއިރު ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ އާބާދީއަކަށް އެ ސިޓީގައި ދިރިއުޅެވޭނެ އެވެ.
1153 ހެކްޓަރު ހިއްކުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ފަށާފައިވާއިރު، "ރަސްމާލެ - ޒީރޯ ކާބަން ސިޓީ" ގާއިމުކުރަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެ ސިޓީއަށް ހިޖުރަކުރެވޭ ގޮތަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބާރުދޭ އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދާ ގުޅިފައިވާ އެއްކަމަކީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެވެ.
ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން ބުދަދުވަހު ބަޖެޓް ފާސްކޮށްފައިވާއިރު ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްފަހުއެވެ.
މިނިސްޓަރ ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް ދިވެހި ރައްޔިތުންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަށް ކަމަށެވެ.
އެކަމަށްޓަކައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެބިލިއަން ރުފިޔާގެ ހައުސިންގ ލޯން ދެވޭނެމަގުވެސް ފަހިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެވެ.
ގެދޮރުވެރިކަމާބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުން ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ބުނަނީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.
ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށްވާއިރު، ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން ޔުނިޓު ތަރައްޤީކޮށް، ކޮންމެ އާއިލާއަކަށްވެސް ތަނަވަސް ފަސޭހަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް މަޖިލީހުން މިއަދު ފާސްކުރި ބަޖެޓަކީ ވަރަށް މުހިންމު ހިއްސާއަކަށް ވާނެއެވެ.
ބޯހިޔާވަހިކަމަށް ބޮޑު އިސްކަމެއް ދީފައިވާ މި ބަޖެޓާއެކު، މާލޭގެ ޒަމާންވީ މި މައްސަލައަށް ޙައްލެއް ލިބި، ކުދިކުދި ގޮޅިން ނިކުމެ، އާއިލާއާއެކު އުފާވެރި ހަމަޖެހޭ ދިރުއުޅުމެއް ލިބޭނެ ދުވަހަކަށް މާލޭގެ ރައްޔިތުން ކުރާ އުއްމީދު ތަކުގައި ކުލަ ޖެހިގެންދާނެއެވެ. |
އަންނަ އަހަރު މާޗް މަހު ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށަނީ | "ހެލްކޮޕްޓަރު ސާވިސް" ގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ދޭ ކުންފުންޏާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާ އަންނަ އަހަރުގެ މާޗު މަހު އެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ "ހެލްކޮޕްޓަރު ސާވިސް" ގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ދޭ ކުންފުންޏާއެކު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސޮއި ކުރާނެ ކަމަށެވެ. ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް 32 ކުންފުންޏަކުން ހުށައަޅާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.އަދި ވިދާޅުވީ އެ ހިދުމަތް ރާއްޖޭގަައި ފަށާނީ އަންނަ މާޗު މަހު ކަމަށާ ހިދުމަތް ފަށާނީ ހުރިހާ ގޮތަކުން ރައްކާތެރިކަން ކަށަވަރު ކޮށް އެންމެ ފުރިހަމަ މިންގަނޑުގައި ކަމަށެވެ.ހެލްކޮޕްޓަރުގެ ހިދުމަތް ފަށާއިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ.މޯލްޑިވިއަން އިން މި ހިދުމަތް ފެށީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ. އަދި ސީޕްލޭނެއް ވެސް ވަނީ ފްލީޓަށް އިތުރުކޮށްފައެވެ.ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވަނީ ކުއްލި ހާލަތްތަކުގައާއި އިމަޖެންސީގައި ހިދުމަތް ދިނުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. އެގޮތުން 10 އަހަރު ދުވަހުގެ މުއްދަތަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށް ޓްރާންޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. މާޗް މަހު އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރީން "ހެލްކޮޕްޓަރު ސާވިސް" ފައްޓަވާނެ ކަމަށެވެ.ރާއްޖޭގައި މީގެ ތޭވީހަކަށް އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ. |
ގައުމިއްޔަތު ވުޒާރާއިން 52 ހަފްތާ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަަށް ޕެނަލް ޑިސްކަޝަން ބޭއްވުން: އާދަމް ނަސީރު | ރައީސް މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރިގެންދިޔައިރު, ގައުމިއްޔަތު ދިރުވުމުގެ ނަމުގައި އުފައްދާފައިވާ ގައުމިއްޔަތު ވުޒާރާއިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތަކީ 50 ވަރަކަށް ޕެނަލް ޑިސްކަޝަން ބޭއްވުން ކަމުގައި ގައުމިއްޔަތު ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
ގައުމިއްޔަތު ވަޒީރު މިހެން ވިދާޅުވީ, މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދޭ “52 ހަފްތާ” މި ސިލްސިލާގައި ގައުމިއްޔަތު ވުޒާރާއަށް ޚާއްސަކޮށްގެން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ފްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައުމިއްޔަތު ވަޒީރު ވިދާޅުވީ, 2000 އަށްވުރެ ގިނަ މީހުންނަށް މިހާރު ގައުމިއްޔަތު އޮޅުންފިލުވާދީފައިވާ ކަމަށާއި, މިއީ މުއިއްޒުގެ ސަރުކާރުގެ ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައެވެ. އަދި ވަޒީރު ވިދާޅުވީ މިއިން ކޮންމެ ބައްދަލުވުމުގައިވެސް ބައިވެރިން ވަނީ, މިއީ ކުރުން މާލަސްވެއްޖެކަމަށް ވިދާޅުވެފައިވާ ކަމުގައެވެ. އަދި މިއީ އަވަސްކުރަން ވެފައިވާކަމެއްކަމަށް މި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވި ހުރިހާ ބައިވެރިންވެސް ފާހަގަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާތްގަޑަކަށް 50 އަށްވުރެ ގިނަ ޕެނަލް ޑިސްކަޝަންތައް އަޅުގަޑުމެން ބާއްވާއިފީމު. 50 އަށްވުރެ ގިނަ ޑިސްކަޝަން..
ގައުމިއްޔަތު ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މި ސަރުކާރަށް އަހަރެއް ވެގެންދިޔައިރު, 50 ވަރަކަށް ޕެނަލްޑިސްކަޝަން ބޭއްވުމަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން ވުޒާރާއެއް އުފެއްދުމުގެ ބޭނުމެއް އެބައޮތްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކެބިނެޓަށް ޖަވާބުދާރީ ވާނެ ވަޒީރަކު ބަހައްޓައިގެން އެބޭފުޅާއަށް ކާރުކޮޅެއް ހަމަޖައްސާ, އެބޭފުޅާއަށް ހަށިފާރަވެރިން ދެއްވާ, އަދި އެބޭފުޅާގެ ރަސްމީ ތަދުރުތަކަށް ދައުލަތުގެ މާލިއްޔތުން ޚަރަދުކޮށް, އެވަޒީރުގެ ދަށުން މަސައްކަތް ކުރާނެ ސްޓޭޓުންނާއި ޑެޕިއުޓީން ލައްވާ, މިހުރިހާ ޚަރަދުތަކެއް ދައުލަތުން ކުރައްމުން މިދަނީ އަހަރެއްގެ ތެރޭގައި 50 ވަރަކަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށެވެ. ދައުލަތުގެ މާލިއްޔަތުން ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ޚާއްސަ ވުޒާރާއެއް އުފައްދާ މިއުސޫލުން ދައުލަތުގެ މާލިއްޔަތު ތަޅާ ބުރުވަމުން ދިއުމަކީ ޢައިރު ޒިންމާދާރު, އަދި ދައުލަތަށް މުއިއްޒު ވަމުންދާ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. |
ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލެއް ނުގެނޭ؛ ބިލުގައި ހިމެނީ އިސްތިސްނާ ޙާލަތްތައް: ފިރުޒުލް | ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ މިހާރުގެ ގަވާއިދަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އަލަށް އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައިވަނީ އިސްތިސްނާ ޙާލަތްތަކެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ވަނީ ޑޮލަރު ގަވައިދަށް އަމަލު ކުރުން ނޫން ގޮތެއް ނެތްކަމަށާއި، އެ ގަވައިދަށް ދެން ގެންނާނެ އިތުރު ބަދަލެއް ނެތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއެކު، އެ ބިލުގައި އޮތީ ރައީސް އޭރު ވިދާޅުވި ގޮތަށް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔައެވެ.
Advertisement
މިކަމާއި ގުޅިގެން ފިރުޒުލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބިލުގައި ބޭންކުތަކަށް ޑޮލަރު މާރުކުރުމުގައި މިހާރުގެ ގަވާއިދުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އެގޮތުން ބިލުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިޒަމް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމަށެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، އަލަށް އެކުލަވައިލި ބިލުގައި ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރުން އިތުރަށް ހަރުކަށިކޮށް ފުޅާކޮށްފައިވާ ކަމަށެވެ. މިގޮތުން ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ، ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރުން އިތުރަށް ހަރުކަށިކޮށް ފުޅާކޮށް، ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ފަރާތްތަކުން %25 މާރުކުރަންވެސް ލާޒިމުކޮށްފައިވެއެވެ.
އައު ބިލުގައި އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީއަށް ބަދަލުކުރުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެއިތުރުން، ގަވާއިދުގައި ނެތް އައު ކަމެއްގެ ގޮތުގައި މި ބިލުގައި ތައާރަފުކޮށްފައިވަނީ ތިން އިސްތިސްނާ ހާލަތެއް ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ. އެއީ އެ ތިން ބާވަތެއްގެ ފަތުރުވެރިން ޑޮލަރު މާރުކުރާއިރު ހިމަނަންނުޖެހޭ ގޮތަށް ހިމަނާފައިވާ އިސްތިސްނާތަކެކެވެ.
މި އިސްތިސްނާތަކުގެ ތެރޭގައި ހިމެނެނީ:
1. ގިނަވެގެން 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުން
2. އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3. ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް
މި ބިލު މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ: |
މަސްވެރިންނަށް މި މަހު 22.9 މިލިއަން، ޖުމްލަ 918 މިލިއަން ދީފި | ނިމުނު އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި ހުރިހާ މަހަކަށް ދޭންޖެހޭ 22.9 މިލިއަން ރުފިޔާ މިފްކޯއިން މިހާރުވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން އޮކްޓޯބަރު 28 އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޭންޖެހިފައި ހުރި 22.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު މިފްކޯއިންވަނީ ކްރެޑިޓުގެ ގޮތުގައި މަސްވެރިންނަށް 5.7 މިލިއަންގެ ތަކެތި އެ މުއްދަތުގައި ދޫކޮށްފަ އެވެ. އަދި އެ މުއްދަތުގައި ފައިސާގެ ގޮތުގައި މަސްވެރިންނަށް 22.9 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެހެންކަމުން ޖުމްލަ 28.7 މިލިއަން ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވެ އެވެ.
މިފްކޯއިން ބުނި ގޮތުގައި އެ މުއްދަތުގައި މިފްކޯއަށް ކިރުވާފައިވަނީ 1،919 މެޓްރިކް ޓަނުގެ މަހެވެ. އަދި މުޅި މި އަހަރު މިފްކޯއަށް ކިރުވީ 50،588 މެޓްރިކް ޓަނުގެ މަހެވެ.
މި އަހަރު މިހާތަނަށް ކިރުވި ހުރިހާ މަހަކަށް 918.7 މިލިއަން ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވާއިރު އަހަރުގެ މިހައިތަނަށް މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް 173.6 މިލިއަން ރުފިޔާގެ މުދާ ދޫކުރި އެވެ. އެއާއެކު މަސްވެރިންނަށް ޖުމްލަ 1.09 ބިލިއަން ރުފިޔާ މިފްކޯއިން ދީފައިވެ އެވެ.
އެ ކުންފުނިން މިހާރު މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާއަކީ ނޮވެންބަރު 16 ވަނަ ދުވަހުން ފެށިގެން 26 ނޮވެންބަރާ ދެމެދު ކިރުވި މަހަށް ދޭންޖެހޭ ފައިސާ އެވެ. އެގޮތުން އެ މުއްދަތުގައި މަސްވެރިންނަށް ދޭންޖެހޭ 30.4 މިލިއަން ރުފިޔާ އެބަހުރިކަމަށް އެ ކުންފުނިން ބުނެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް މުއްދަތަށް ދެއްކުމުގައި އެ ކުންފުންޏަށް ބޮޑެތި ދަތިތަކެއްވަނީ ކުރިމަތިވެފަ އެވެ. މަސްވެރިންނަށް ފައިސާ ދެމުން އަންނަނީ ސަރުކާރުގެ އެހީތެރިކަމާއެކު އެ ކުންފުންޏަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ދޫކުރާ ފައިސާއިންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފި | ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން، އެތަކެއް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދަމުން ދިޔަ މަދަރުސާއަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، 13 މީހުން ޝަހީދުކޮށްލައިފިއެވެ. ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ މަދަރުސާއަކަށެވެ. އެއީ، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ މަދަރުސާއެކެވެ.
ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޣައްޒާ ސިޓީގެ އެންމެ ޒަމާންވީ ޒަޔިތޫން އަވަށުގައި ހުރި އަލް-ޙުއްރިއްޔާ މަދަރުސާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޒަޔިތޫނުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބޮންއަޅާފައިވާ ކަމުގައި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. އެ ޙަމަލާގައި ހަތް މީހުން ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޙަމަލާދީ، ޔަހޫދީ ސިފައިން ވަނީ އެކަކު ޝަހީދު ކޮށްލާފައެވެ.
ޔަހޫދީ ސިފައިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތައް އިތުރު ކުރަން ފަށާފައި މި ވަނީ، އެ ސަހަރަށް މޫސުން ގޯސްވެ، ގެދޮރު ނެތިކޮށްލާފައިވާ މީހުންނަށް އިތުރު ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ފޭލިގެތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޣައްޒާގެ އޮފިޝަލުން ބުނީ، ފެންބޮޑުވުމާ ގުޅިގެން 10,000އަށްވުރެ ގިނަ ފޭލިގެ، މުޅިން ހަލާކުވެފައިވާ ކަމުގައެވެ.
ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ފޭލިގެ ހަލާކުވެފައިވާއިރު، އިތުރު ފޭލިގެތަކެއްގެ ތެރެއަށް ފެންވަދެ، އެ ތަންތަނުގައި ދިރިއުޅުމަށް ދަތިވެފައިވާ ކަމުގައި ވެސް ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. "އުތުރަށް ބޮންއަޅަން ފެށުމުން އަޅުގަނޑުމެން އެހެން ސަރަޙައްދަކަށް ހިޖުރަކުރިން. މިހާރު އަޅުގަނޑުމެންގެ ފުރާނައަށް ނުރައްކާވެފައި ވަނީ ފިންޏާއި ވާރޭގެ ސަބަބުން. އަޅުގަނޑު ބަލިހާލުގައި އުޅޭތާ މިހާރު ތިން ދުވަސް ފާއިތުވެއްޖެ،" ޣައްޒާ ސިޓީގެ އަލް-ޔަރްމޫކް ސްޓޭޑިޔަމްގައި ފޭލިގެއެއް ޖަހައިގެން ދިރިއުޅެމުންދާ އަޙްމަދު ކިޔައިދިނެވެ. އޭނާއަކީ، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ރައްޔިތެކެވެ.
"ވިއްސާރައިގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް އަސަރު ކުރި. އަޅުގަނޑުގެ ދަރިން ތިބީ ތެމި ފޯވެފައި. އަޅުގަނޑުމެން ލައިގެން ތިބި އަންނައުނު ވެސް ވަނީ ތެމިފައި، ރައްކާތެރިކަން ހޯދޭނެ، ހިޔާވަހިކަން ހޯދޭނެ އެއްވެސް ގޮތެއް ނެތް، ހަމައެކަނި ހުރި އެއްޗަކީ ފޭލިގެ،" ބަޔިތު ލާޙިޔާއިން ޣައްޒާ ސިޓީއަށް ދަތުރުކުރި އުންމު މުޙައްމަދު މަޢުރޫފު ބުންޏެވެ.
ޣައްޒާ ޢުދުވާން 14ވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު، ފޭލިގެ ފަދަ ތަކެތީގެ އަގުތައް ވެސް އެތަކެއް ގުނައަކަށް އުފުލިފައެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ އެހީއަށް އެދި ގޮވައިލާފައިވާނެ ކަމުގައެވެ. ޚާއްޞަ ގޮތެއްގައި، ފެންބޮޑުވުމާ ގުޅިގެން ފޭލިގެތަކަށް ގެއްލުންވެފައިވާ މީހުންނަށް އައު ފޭލިގެ ހޯދައިދިނުމަށް އެދިފައިވާނެ ކަމުގައެވެ. ނަމަވެސް، ޣައްޒާ ޢުދުވާނާ އެކު ޔަހޫދީން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ.
"ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ތެރެއިން ފޭލިގެތަކުގައި ދިރިއުޅޭ މީހުންގެ %81 މީހުން ބޭނުން ކުރަމުން ދިޔަ ފޭލިގެތައް ވަނީ ހަލާކުވެފައި. 135,000 ފޭލިގޭގެ ތެރެއިން 110,000އަށްވުރެ ގިނަ ފޭލިގެއަށް ވަނީ ގެއްލުންވެފައި، އިރައިގެން ގޮސް ބަދަލު ކުރަން ޖެހިފައި،" ޣައްޒާގެ މީޑިޔާ އޮފީހުން ބުންޏެވެ.
ޣައްޒާގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ބުނީ، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިޔަނަށް އުފުލިފައިވާ ކަމުގައެވެ. "ވާރޭވެހޭ ކޮންމެ ފަހަރަކު، [ޔަހޫދީ ފައުޖުން] ބޮންއަޅާ ކޮންމެ ފަހަރަކު، އެ މީހުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން،" އެ އިދާރާއިން ހާމަކުރިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,282އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 104,880 މީހުން ޒަޚަމު ކޮށްލާފައެވެ. |
ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤަވާމީ ޒަކާތު ކޮންފަރެންސް މާދަމާ | ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ
ފަހަރަށް ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްއެއް މާދަމާ ބާއްވާނެއެވެ.
"އިންޒެކް
2024" (އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް) ގެ ނަމުގައި މި ބޭއްވޭ
ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ
މާލަމުގައެވެ.
މި
ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި
މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވާ ގޮތަށް
ހަމަޖެހިފައިވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ
ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން
ބައިވެރިވެލައްވާ ގޮތަށްވެސް ވަނީ އިންތިޒާމް ކުރެވިފައެވެ.
އިންޒެކްގެ އަމާޒަކީ ރާއްޖޭގެ
އިޖްތިމާއީ އަދި އިޤްތިޞާދީ މައިދާނަށް ފެތޭ ގޮތުގެމަތިން، އަވަސް އަދި ފަސޭހަ
ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ޤާއިމުކުރުމެވެ. އަދި މި ނިޒާމުގެ
ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދިނުމެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި
ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމް ކުރިއެރުވުމަށް ބާއްވާ ކޮންފަރެންސެކެވެ.
މި ހަރަކާތުގައި އުޅޭ މީހުންނާއި،
ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އަދި މުޖްތަމައުގެ އިސްވެރީން ގުޅިގެން
މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިޖްތިމާޢީ ދުޅަހެޔޮކަމާއި
އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން
ހަރުދަނާކުރުން ހިމެނެއެވެ. އަދި ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް
ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ. މި ނިންމެވުމަކީ ރާއްޖޭގައި ޒަކާތުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިޔުމަށްޓަކައި ނިންމެވި ނިންމުމެކެވެ. އަދި މިއަހަރުގެ 2 ޖަނަވަރީ ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާފައި ވެއެވެ.
މި ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙް ކުރެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. |
ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގާ ބޮޑެތި އަނިޔާތަކެއް | މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގާފައި ވަނީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގ އެވެ.
މި މާރާމާރީގައި އަނިޔާވި މީހާ ސްޓެރޗަރއެއްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާއަށް ގެންދަނީ އޮކްސިޖަން ވެސް ފޯރުކޮށްދީގެންނެވެ. އަދި ލިބުނު ޒަހަމްތަކުގެ ސަބަބުން ލޭ އޮހޮރެމުންދާތަން ވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނިގޮތުގައި އަނިޔާވެފައި ވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.
ިމިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. |
ގޯލްޑް ކަޕް: ތިމަަރަފުށި ބަލިކޮށް އޭދަފުށި ދެވަނަ ބުރަށް | ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުން ބ. އޭދަފުށި ޖާގަ ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ގްރޫޕް ބީގެ މެޗުން އޭދަފުށި މޮޅުވީ ތ. ތިމަރަފުށި އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި އޭދަފުށިން ހޯދި ދެވަނަ މޮޅެވެ. އެގޮތުން ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ބ. ތުޅާދޫ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ގޯލްޑް ކަޕުގެ ފޯމެޓްގައިވާ ގޮތުން ހަތަރު ގްރޫޕުން 12 ޓީމެއް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އޭދަފުއްޓާއެކު ގްރޫޕް ބީގައި ހިމެނޭ މާލެ ސިޓީވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުން ދެން އަނެއް ބުރަށް ދާ ޓީމެއް ޔަގީންވާނީ ތުޅާދޫ އާއި ތިމަރަފުށިން ކުޅޭ މެޗުންނެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފު ނިމެން ގާތްވެފައި ވަނިކޮށް އޭދަފުށިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އަލީ ނަސީމެވެ.
މި މެޗުގެ ފަހުކޮޅު އޭދަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ސައްޓު ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން މުޙައްމަދު ފާސިރެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ނަގައިދިން ކޯނަރަކުން ފާސިރު ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.
މި މެޗުގައި އޭދަފުށިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ. މިއީ އޭރިއާ ތެރެއިން ތިމަރަފުށީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އަދި ހއ. ދިއްދޫ އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ. |
އާ "މޯލްޑިވްސް ސައިނޭޖް" ދައްކާލައިފި | ރާއްޖޭގެ ގްލޯބަލް ބްރޭންޑް ވިޒިބިލިޓީ އިތުރަށް ކުރިއަރުވައ،ި ރާއްޖޭގެ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އާ "މޯލްޑިވްސް ސައިނޭޖް"އެއް ހަދައި އެ ސައިނޭޖް ދައްކާލައިފިއެވެ.
މި ހަރަކާތް އޮތީ ވޯލްޑް ޓްރެވެލް އެވޯޑްސް 2024 ގައި ރާއްޖެއަށް ލިބުނު ރިކޯޑު ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ބޭއްވި ޚާއްސަ ހަރަކާތުގައެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ( އެމްއެމްޕީއާރްސީ) އާއި،ވިޒިޓް މޯލްޑިވްސް އާއި، ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި މި ހަރަކާތް އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ "ވޯޓަރފްރަންޓް" ގައެވެ.
ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ލިބުމާ ގުޅިގެން އެކަން ފާހަގަކުރުމަށް މި އަދު ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ އަމާޒަކީ ދުނިޔޭގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އޮތް މަގާމު ވަރުގަދަ ކުރުން ކަމަށާއި، މި ކާމިޔާބީތަކަކީ ޝައްކެއްވެސް ނެތްގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމާއި ކާމިޔާބީ ދެމިއޮތުމަށް އެހީތެރިވެދޭނެ ކަންތައް ކަމަށެވެ.
މިނިސްޓަރ ވަނީ ރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، މިއީ މި ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ ހިތްވަރާއި ބުރަ މަސައްކަތްކަން ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޝަރަފުވެރި އެވޯޑްތައް ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މިއީ ދަތުރުފަތުރުގެ ޚާއްޞަ ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރާ ވަޢުދު ދައްކުވައިދޭ ކަމެއް ކަމަށެވެ.
"މި އެވޯޑަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަތިކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ހެކިތަކެއް.“ ޝިއުރީ ވިދާޅުވިއެވެ.
މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި" ވޯލްޑްސް ލީޑިން
ސީޕްލޭން އޮޕަރޭޓަރ 2024 " އެވޯޑް ޓްރާންސް މޯލްޑިވިއަން އަށް ލިބިފައިވާއިރު، މޯލްޑިވްސް އެޗްއައިއެޗް އަށް " ވޯލްޑްސް ލީޑިން
އެއާޕޯޓް ރިސޯޓް 2024 " އަދި ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ އަށް " ވޯލްޑްސް ލީޑިން ބުޓިކް " އެވޯޑް ވަނީ ލިބިފައެވެ. އަދި " ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2024
" ގެ އެވޯޑް ވައްކަރު މޯލްޑިވްސް ހޯދާފައިވާއިރު " ވޯލްޑްސް
ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2024 " ގެ އެވޯޑް ސެއިންޓް ރެޖިސް
މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވެސް މި ހަރަކާތުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. |
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ނިސްބަތްވާ ފޮނަދޫގައި ބޮޑު ޝޮޕިން ކޮމްޕްލެކްސްއެއް އަޅަނީ | ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ނިސްބަތްވާ ހައްދުންމަތީ ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފޮނަދޫ ކައުންސިލުން މިހާރު ވަނީ އެރަށުގައި ޝޮޕިން ކޮމްޕްލެކްސްއެއް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. ފޮނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނަށް ބަލާއިރު، ޝޮޕިންކޮމްޕްލެކްސް ތަރައްޤީކުރުމަށް ނިންމާފައިވަނީ، 15،000 އަކަފޫޓުގެ ބިމެއްގައެވެ. އެ ބިން އޮންނަނީ ދަ
ޖެމްކިޗަންގެ ދެކުނުން ބޮޑުތަކުރުފާނުމަގުގެ ހުޅަނގުން ބޮޑުމަގުގެ އުތުރުންނެވެ.
ޝޮޕިންކޮމްޕްލެކްސް ތަރައްޤީކުރަން ޖެހެނީ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައެވެ. ފޮނަދޫ ކައުްނސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރުމަހުގެ ދޭއް ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމަށް އެދޭކަމަށެވެ. ޝޮޕިންކޮމްޕްލެކްސް އެޅުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނިކަމަށްވެސް ކައުންސިލުން ބުނެއެވެ.
Advertisement
ހައްދުންމަތީ ފޮނަދޫ އަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ރަށެކެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމުގެ އިތުރުން މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ނިސްބަތްވާ ރަށެވެ. |
ފެނަކައިން ކޮމަންޑޫގެ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ބިލެއް ފޮނުވައިފި | ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.އެކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑިން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ."މި ބިލުގެ މައްސަލަ ފާހަގަ ކުރެވިގެން، މިހާރު ވާނީ ކަސްޓަމަރަށް ގުޅާ ބިލް އިސްލާހު ކުރުމަށް ފަހު ރަނގަޅު ބިލު ފޮނުވާފަ އެވެ." ފެނަކައިން ބުންޏެވެ.މި ކަމުގެ އިތުރު ތަފުސީލެއް ފެނަކައިން އަދި ނުލިބެ އެވެ.މި ފަހުން މަސް ނިމޭއިރު ކަރަންޓު ބިލުތައް ބޮޑުވާތީ، އެކަމުގެ ޝަކުވާތައް އާންމުން އަންނަނީ ކުރަމުންނެވެ. |
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި | ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިނގިރޭސިވިލާތަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ އިދާރީ މަސައްކަތްތަކުގެ ޚަރަދާއި އާއިލާއާއި އަމިއްލަފުޅު ކަންކަން ހިމެނޭހެން ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތު ރައީސް އޮފީހުން ހިއްސާކުރެއެވެ. އެގޮތުން އެމަނިކުފާނު ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު އަމިއްލަފުޅަށް ކުރައްވާއިރު ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލުވެސް އެ އޮފީހުން އާންމުކުރެއެވެ. |
ފަލަސްތީނުގެ މިނިވަންކަމަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނެތް | އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާ ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ، އެ ގައުމެއްގެ ސިޔާސީ ވިސްނުމާއި އިގްތިސާދީ ބާރުގެ ބޭނުންހިފުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ ޢަޒުމް ވަރުގަދަވެ، އަދި އެ ޢަޒުމު އައުކޮށްދޭ ދުވަހެއް ކަމަށާއި، އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސްގެ މެސެޖުގައި އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފުމަށް ވަނީ ގޮވާލައްވާފަ އެވެ. ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.މީގެއިތުރުން ބައިނަލްއަގްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ގާނޫނާއި، އިންސާނީ އެހީގެ ޤާނޫނުތަކާ ތަކުރާރުކޮށް ހިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަން ފާހަގަކުރައްވަމުންނެވެ.ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި، ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައިވެސް އެ މަނިކުފާނުގެ ފުރިހަމަ ތާއީދު، ފަލަސްތީނަށް އޮތްކަން ހާމަކުރައްވާފައިވެ އެވެ. |
ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި | ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ އާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހިރާއްޖެއަށް
ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ މިސްޓަރ
ހިއުގޯ ޔޮންއާ އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ބައްދަލުކުރެއްވުމުގައި ދެ ފަރާތުން މުހިއްމު
މަޝްވަރާތަކެއް ކުރެއްވިއެވެ.
އެގޮތުން، މި ބައްދަލުވުމުގައި ދެ
ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫޢުތަކުގެ ތެރޭގައި ދަތުރުފަތުރުގެ
ދާއިރާ ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމާއި، އަދި
އެހެނިހެން އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން
އިތުރުކުރުމުގެ މުހިންމުކަން ހިމެނެއެވެ.
މީގެއިތުރުން މުސްތަޤުބަލުގައި
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމާ
މެދުވެސް މަޝްވަރާ ކުރެއްވިއެވެ.
ހަމަމިއާއެކު، މި
ބައްދަލު ކުރެއްވުމުގައި ދެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ
ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، މުސްތަޤުބަލުގައި އިތުރު
ގުޅުންތައް ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. |
ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި | ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ
ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ހުދު ސަމާލަކީ މިއަދު ހަވީރު 5:00 އިން މިރޭ ދަންވަރު 00:30 އާ ހަމައަށް، ތ. އަތޮޅަށާއި، ލ. އަތޮޅަށާއި، ގއ. އަތޮޅަށާއި، ގދ.
އަތޮޅަށާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ނެރެފައިވާ ހުދު ސަމާލެކެވެ.
ސަމާލު ނެރެފައިވާ ގަޑިތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ކަމަށް ލަފާކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ
ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެކުރިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް
ވެސް ހުދު ސަމާލު ނެރެފައިވެއެވެ. އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ
ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލު
ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައި ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. |
ހައިވޭގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް | އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ.
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވާލި ހައިވޭގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގެ ތަފްސީލެެއް ފުލުހުން އަދި ނުދެ އެވެ.މަންޒަރުތަކުން ފެންނަ ގޮތުގައި ތިން ސައިކަލަށް ވަނީ ގެއްލުން ވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ނައިބު ރައީސްގެ އަރިހަށް، ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި | ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުން އެއްބަސްވެވަޑައިގަންނަވަމުންނެވެ. |
10 ދުވަހުގެ ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި މާލެއަށް | އިނގިރޭސިވިލާތަށް ކުރެއްވި 10 ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.
މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރައްވަނީ ރައީސް އަމިއްލަފުޅަށް ކަމަށް ފިޔަވައި، މި ދަތުރުފުޅަކީ އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅަކަށް ނުވާތީ ރައީސް އޮފީހުން އިތުރު ތަފްސީލެއް ނުދެއެވެ.
ރައީސްގެ ދެކަނބަލުން ވަނީ މީގެކުރިން ތިން ފަހަރު ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެގޮތުން މި އަހަރުގެ މާޗު މަހާއި މެއި މަހާއި އޮގަސްޓް މަހު ވެސް ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ދެކަނބަލުން ވަނީ، ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. |
"އޮޅުވާލައިގެން ފައިސާތަކެއް ހޯދުމުގައި ފުލުހަކު ބައިވެރިއެއް ނުވޭ" | މަކަރާއި ޙީލަތުން ފައިސާތަކެއް ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އެ މުއައްސަސާއިން މިހެން ވިދާޅުވީ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާތަކެއް ހޯދި މައްސަލާގައި ފުލުހަކު ހިމެނޭކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ވިދާޅުވީ މަކަރާއި ހީލަތުން ބަހެއްގެ އަތުން ފައިސާތަކެއް ހޯދި މައްސަލައަކީ މި މަހުގެ 26ވަނަ ދުވަހު އެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އެގޮތުން މި މައްސަލާގައި މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް، ނުވަތަ ހެކް ކޮށްގެން އެމީހާ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅުންހުރި އިތުރު 3 މައްސަލައެއްވެސް މިހާރު ފުލުހުން ބަލަމުންދާކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ވައިބަރ އެކައުންޓް ރިކަވަރކޮށް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ތަފާތު 3 މީހެއްގެ އަތުން އޮޅުވާލައިގެން ހޯދާފައިވާ 10100 ރުފިޔާ ކޮމްޕްރޮމައިޒްވެފައިވާ އެކައުންޓަކަށް ކުށްކުރި މީހުން ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ކުށްކުރުމުގައި ފުލުހެއްގެ ބައިވެރިވުމެއް ނުވަތަ ފުލުހެއްގެ ފަރާތުން ތުހުމަތު ކުރެވޭނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި މި މައްސަލާގައި ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެއް އެކައުންޓަކީ ފުލުހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްގެ އެކައުންޓެއްނަމަވެސް، އެ އެކައުންޓަކީވެސް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ތަހުގީގަށް ހާމަވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންގެންދާ މި މައްސަލާގައި ހިމެނޭ ފައިސާގެ ތެރެއިން ނުހޯދި ހުރި ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެކަމަށެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ނުފެތުރުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ. |
އަންނަ ހަފްތާގައި ފެސިލިޓީއަށް ބުޅާ ގެންދަން ފަށަނީ | މި ފެށޭ ހަފްތާ ތެރޭގައި، ކެޓް ޝެލްޓަރއަށް ބުޅާތައް ގެންދަން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ މަގުމަތީގައި ވެރިޔަކު ނެތި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވައްސެއް ހޯދައިދިނުމަށް ގާއިމްކުރި ކެޓް ޝެލްޓަރ ނުވަތަ ޕެޓް ކެއާ ފެސިލިޓީ ހުޅުވީ މިމަހުގެ ދެވަނަ ދުވަހުއެވެ. "އޮޅު ހިޔާ" ގެ ނަމުގައި ހުޅުވި މި ފެސިލިޓީ ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކެޓް ޝެލްޓަރއަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެން.ޖީ.އޯސް ތަކާއިއެކު ކުރިއަށްދާ ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި މާލެތެރޭ އުޅޭ ބުޅާތައް މަގުމަތިން ނަގަން ފެށުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މާޗު މަހުގެ 19 ވަނަ ދުވަހެވެ. މިކަމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ފަރުކޮޅުފުށި ސަރަހައްދުގައި 5،000 އަކަފޫޓުގެ ބިމެއް މިކަމަށްވަނީ ޚާއްސަކޮށްފަ އެވެ. އެމަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު ޢާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެއެވެ.
މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ހުޅުވި ފެސިލިޓީއެކެވެ.
މީގެ އިތުރުން ގޭގޭގައި ގެންގުޅޭ ބުޅާތަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީއިން ލިބިގެންދާނެ އެވެ. މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ބުޅާތައް ގިނަވެފައިވުމުން ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުންލިބިގެންދާނެ އެވެ. އޭގެ ތެރޭގައި ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދަކާއި، ކްލިނިކްއަކާއި، ފާރމަސީއާއި، ލެބޯޓްރީ، އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ އެވެ. |
އެންސްޕާއާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކާ ގުޅޭ ތަހްގީގެއް ހިންގުމަށް އޭސީސީގައި އެދިއްޖެ! | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަޙްޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.
އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާ، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށް ތުހުމަތުކޮށް ބައެއް ނޫސް ތަކުން ފަތުރަމުންދާ ވާހަތަކާއި ގުޅިގެން އެންސްޕާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.
އެގޮތުން ބުނީ، އެ އެޖެންސީން ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ އެ އެޖެންސީއާއި މާލީ ވުޒާރާ އާއި ދެމެދު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކުރެވިފައުވާ މުއާމަލާތެއް ކަމަށެވެ. އަދި އެއީ އެ އެޖެންސީއާއު އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން ކަމަށްވެސް ބުންޏެވެ.
Advertisement
”އެއީ އާއްމު މުޢާމަލާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަންހުރި މައުލޫމާތު ތަކެވެ.“ އެންސްޕާ އިން ބުންޏެވެ.
އެންސްޕާއިން އިތުރަށް ބުނީ، އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުންގެ ޒިންމާތައް ޙަވާލުކުރުމުކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށެވެ.
"ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާއި ގުޅިގެންނާއި، މި މުވައްސަސާގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފަތުރަމުންދާ ދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަމެވެ" އެންސްޕާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެންސްޕާ އާއި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަ ތަކާމެދު މިނިވަން ތަހުގީގެއް ހިންގައި އެކަންކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެ އެޖެންސީން ވަނީ އޭސީސީގައި އެދިފައެވެ. |
ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ: އިޙްސާން | ވަކި މީހަކު އިސްތިސްނާކުރުމެއް ނެތި ބައިނަލްއަޤުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ވަޒީރާ ސުވާލުކުރެއްވުމުން، އެކަމަށް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިކަމަށް ބުނެ މީޑިއާއަކުން ލިޔެފައިވާ ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޙްސާން ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤުވާމީ ކޯޓުތަކުން ކުރާ އަމުރުތައް އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ ޤައުމެއްކަމަށެވެ.
”މިވާހަކަ ރޭގަވެސް އަޅުގަނޑުވާނެ ދަންނަވާފައި. އަދި ބައެއް ނޫސްތަކުން ގުޅުމުން މިވާހަކަ ވާނެ ތަކުރަާރުކޮށްފައި އަދި އިތުރު ސުވާލުތަކަށް ޖަވާބުވެސް ދީފަ.“ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.
Advertisement
ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އައިސީސީން ވަނީ ނެރެފައެވެ.
އައިސީސީން ނެރެފައިވާ އަމުރުގައި ވާގޮތުން، އެމީހުން ހައްޔަރުކުރަން އަމުރު ނެރެނީ އޮކްޓޯބަރު 8، 2023އާއި މިއަހަރުގެ މެއި މަހުގެ 20އާ ހަމައަށް ހިންގައިފައިވާ ހަނގުރާމައިގެ އާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ކަމަަށެވެ.
އެގޮތުން، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.
އައިސީސީއަކީ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ ބޮޑެތި ކުށްތައް ބެލުމަށް އުފައްދާފައިވާ ދުނިޔޭގެ ހަމައެކަނި މިނިވަން ކޯޓެވެ. ނަމަވެސް އެ ކޯޓަށް ތަންފީޒީ ބާރުތަކެއް ލިބިފައެއް ނުވެއެވެ.
ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. |
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ | މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
"ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާ އަކީ، ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތަކުގެ ފުރަތަމަ މަހާސިންތާ އެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގަ އެވެ.މިއީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމިއްޔަތުގެ އިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ އިލްމީ މަހާސިންތާއެއް ކަމަށާ އަދި މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.މިގޮތުން މާދަމާ ބާއްވާ މަހާސިންތާއަކީ މިއަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ، އިލްމީ ދަރުބާރެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުބާރުގައި އެކި ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި ދަރުބާރުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު ނުވަ އިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއަށް އިސްލާމްދީން ތައާރަފުވުމާއި ތަރައްގީ ވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުގެ އިލްމީ ކަރުދާސްތައް ވެސް މި މަހާސިންތާގެ ބައިވެރިންނަށް ހިއްސާ ކުރުމަަށް ވެސް ވަނީ ހަމަޖެހިފަ އެވެ.މި އިލްމީ ދަރުބާރުގެ މަގްސަދުތަކުގެ ތެރޭގައި، ދިވެހިވަންތަކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި އިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނޭ ކަމަށް ބަހުގެ މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ކާރެއްގައި ރޯކުރިކަމުގެ ތުހުމަތުވާ 2 މީހުން 15 ދުވަހަށް ބަންދު | ސިނަމާލެ ފްލެޓްތަކުގެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އިރުއޮއްސި 6:30 ވަނިކޮށް ސިނަމާލެ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ:
ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށެވެ. |
ދުނިޔޭގެ ކޯޓުން ހައްޔަރުކުރަން އަމުރުނެރެފައިވާ މީހަކު ރާއްޖެ އަތުވެއްޖަނަމަ ހައްޔަރުކުރާނަން! އިޒްރޭލުގެ ބޮޑުވަޒީރާ ދިފާޢީ ވަޒީރު އިސްތިސްނާއެއް ނުކުރާނަން!: ހޯމް މިނިސްޓަރ އިޙްޞާން | ދުނިޔޭގެ ކޯޓުން ހައްޔަރުކުރަން އަމުރުނެރެފައިވާ މީހަކު ރާއްޖެ އަތުވެއްޖަނަމަ ހައްޔަރުކުރާނެ ކަމަށާއި، އިޒްރޭލުގެ ބޮޑުވަޒީރާއި ދިފާޢީ ވަޒީރު އިސްތިސްނާއެއް ނުކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.މިއަދު ނޫހަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ޤައުމެއް ކަމަށެވެ. އަދި މި އަމުރު ރާއްޖެއިން ތަންފީޒުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ."ރާއްޖެއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރާ ޤައުމެއް. އައިސީސީގެ އަމުރުތައް ތަންފީޒުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެ އަމުރުގައި ހިމެނޭ އެއްވެސް ފަރާތެއް ރާއްޖެ އަތުވެއްޖެނަމަ، އެ ފަރާތެއް ހައްޔަރުކުރެވޭނެ," ވަޒީރު ވިދާޅުވިއެވެ.އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރުގައި ހަނގުރާމައިގެ ކުށްތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ ހައްޔަރުކުރުމަށް އެދިފައިވެއެވެ.އައިސީސީގެ އަމުރުގައި ބުނެފައިވަނީ ޣައްޒާގެ އާންމުންނަށް އަސާސީ ޚިދުމަތްތައް ގަސްތުގައި ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އައިސީސީގެ މެމްބަރު ޤައުމުތަކުން މިފަދަ އަމުރުތައް ތަންފީޒުކުރަން ޖެހެއެވެ.ވަޒީރު އަލީ އިހުސާންގެ މި ބަސްފުޅަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ބަޔާނެއް ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ. |
ރާއްޖޭގެ އާބާދީގެ ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއް: ޔުނިސެފް | ރާއްޖެއިން ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަމަށް ޔުނިސެފްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުން އެއްބަސްވެވަޑައިގަންނަވަމުންނެވެ. |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރެއް ނުޖަހައެވެ.]
ބަޝީރު ވިދާޅުވިއެވެ. [ހިނގައި އުޅެން ފެށީމާ އިސާހިތަކު މުޅީން ރަނގަޅު ވެދާނެއެވެ.]
އެންޖެލާ ބުންޏެވެ. [ހޮނިހިރު ދުވަހު ފުރަން ޖެހޭ ވާހަކަ ބައްޕަ އޮތީ ބުނުއްވައިފައެވެ.]
[އެއީ ތެދުފުޅެކެވެ. ތިޔަ ބޭފުޅުންގެ ދަތުރުފުޅަށްޓަކައި ގްރަނާދާއިން އައު ގާޑިޔަލެއް ގެނެވިއްޖެއެވެ.]
[މި ކަހަލަ ވީރާނާ ތަނެއްގައި އުޅުއްވާއިރު ކަންބޮޑުވެވަޑައެއް ނުގަނޭތޯއެވެ؟] އެންމެ ފަހުން ހިތްވަރު ކޮށްފައި އެންޖެލާ އަހައިފިއެވެ.
[ބޮޑެތި ސަހަރުތަކުގެ މީސްތަކުންގެ ތޫފާން އަޅުގަނޑަކަށް ކަމަކު ނުދެއެވެ.]
[ވަރަށް ފަތިހު ބޭރަށް ވަޑައިގަންނަވަމެއް ނޫންތޯއެވެ؟]
[އަޅުގަނޑަކީ ފަތިހު ތެދުވާން އާދަވެފައި ހުރި މީހަކީމެވެ.]
މިހެން ވިދާޅުވެފައި ބަޝީރް ޙަސަން ކުރިއަށް ވަޑައިގެންފިއެވެ. އެންޖެލާ އެނބުރި ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
ރަބީޢާ ބުންޏެވެ. [ހިނގާށެވެ.]
އެންޖެލާ ސިހިފައި އޭނާގެ ދައްތަޔާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ހިތާމަވެރިކަން އެކުލެވޭ ރާގަކަށް އަހައިލިއެވެ.[ދައްތާއެވެ. އެއީ ހިތްގައިމު މީހެއް ނޫން ހެއްޔެވެ؟]
ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ޚިޔާލު ހުރި ގޮތަށް އޭނާގެ ޚިޔާލުވެސް ހުރިއްޔާ ދައްތަ ވަރަށް ދެރަވާނެއެވެ. ކޮއްކޮގެ ދިރިއުޅުމާއި މަގު، އޭނާގެ ދިރިއުޅުމާއި މަގާ ވަރަށް ތަފާތެވެ. ދެމީހުންގެ އަތުގެ ނާރުތައް އެކަކު އަނެކަކާ ނުގުޅެއެވެ.]
އެންޖެލާ އޭނާގެ ކަންބޮޑުވުން ފޮރުވަން ވެގެން ހީނގަތެވެ. [ދައްތާއެވެ. ދައްތަ ހީކުރަނީ ދައްތަގެ ދީނުގެ ޑަކްޓަރަކު ދެކެ އަހަރެން ލޯބިވީ ކަމަށް ހެއްޔެވެ؟]
[ނޫނެކެވެ. ލޯތްބަކީ ކޮއްކޮއަކަށް ވެވޭނޭ އެއްޗެއް ނޫނެވެ. އެ މުގައްދަސް ޖަޒުބާތާ ކޮއްކޮއާ އެއްވެސް ގުޅުމެއް ނެތްކަން ދައްތައަށް އެނގެއެވެ. އެކަމަކު ކަށި ފުންޏެއްގެ ތެރެއަށް ވަދެ ތާށިވުމުގެ ފައިދާއެއް ނެތެވެ. ބައެއް ކަށްޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކަށިތަކުގެ ތެރެއަށް ވަންނަ މީހާގެ ފަސްބައި ވީދި ކުދިކުދި ވާއިރުވެސް ކަށްޓަކަށް އެކަމެއް ނޭނގެއެވެ.]
[ދައްތަގެ ވިސްނުން މުޅިއަކުން ރަނގަޅެއް ނޫނެވެ. ލޯބީގެ ޖަޒުބާތަކީ އަހަންނަކަށްވެސް ބީރައްޓެހި އެއްޗެއް ނޫނެވެ. އަހަރެންގެ ހިތުގެ ވެރިއަކަށް ވާ މީހަކަށްޓަކައި އަހަރެންގެ ހުރިހައި އެއްޗެއް ގުރުބާން ކޮށްލާނަމެވެ. އެކަމަކު އެ މީހަކީ އަހަރެންގެ ދީން ނޫން ދީނެއްގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ބޮޑެތި ސަހަރުތައް ދެކެ ފޫހިވާ މީހަކަށްވެސް ވެގެން ނުވާނެއެވެ. އަހަންނަކީ ގަނޑުފެނުގެ ފަރުބަދައަކުން އަލިފާން ކަންޏެއް ފެނިދާނޭ ކަމަށް ބަލާވަރުގެ މޮޔައަކީމެއް ނޫނެވެ. އަހަރެންގެ ހިތުގައި ބަޝީރްގެ މައްޗަށް އެއްވެސް ކަހަލަ ކުލުނެއް އިތިއްޔާ އެއީ ދައްތައަށް ބޭސްކުރާތީ އޮތް ކުލުނެކެވެ. ދައްތައަށް ކަމުނުދާ ކަމަށް ވަންޏާ އަހަރެން މީގެ ފަހުން އޭނާއާ ދިމާއަށް އިސް އުފުލައި ބަލައިވެސް ނުލާނަމެވެ. މީގެ ފަހުން ދައްތަޔާއެކީ ހިނގާކަށްވެސް ނާންނާނަމެވެ.]
ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ.]
(3)
ރަބީޢާގެ ކަންބޮޑުވުން ދުވަހަށްވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ. ހުކުރު ދުވަސް ޖެހެން އެންމެ ދެ ދުވަހަށް ވެއްޖެއެވެ. ރަބީޢާ ފަތިސް ނަމާދުން ފޭބިއިރު އެންޖެލާ އިނީ ހިނގާން ދާން ތައްޔާރު ވެގެންނެވެ. ފަތިހު ތިމަންވެސް ދާނަމޭ މާރިޔާ ކޮންމެ ރެޔަކު ނިދުމުގެ ކުރީން ބުނެއެވެ. އެކަމަކު ފަތިހު ގޮވީމާ ބޮލުގައި ރިއްސަނީއޭ ކިޔައި ބަހަނާއެއް ދެއްކުމަށް ފަހު ނުތެދުވެ އޮވެދެއެވެ. އެކަމަކު މާ ދުރަށް ނުދައްޗޭ، މިއީ ވަރަށް ނުރައްކާތެރި ބައެކޭ ކިޔައިގެން އެންޖެލާއަށް ނަސޭހަތް ދެއެވެ.
މިއަދުވެސް ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ވެގެން މަންމައަށް ގޮވިއެވެ. އެކަމަކު އޭނާ ތެދުވާ ފިކުރެއް ނުކުރިއެވެ. އެކަމާ އެންޖެލާ އުފާވެސް ކުރިއެވެ. [ދައްތާއެވެ. ހިނގާށެވެ. ދެ މީހުން ގޮސް ވާދީ ހުރަސްކޮށްފައި މިއަދު ފަރުބަދަ މައްޗަށް އަރަން ވާނެއެވެ.]
އެ ފަރުބަދައަކީ ފަތިހު އާއްމު ގޮތެއްގައި ބަޝީރު ވަޑައިގެން އުޅުއްވާ ފަރުބަދައެވެ. ވާދީގެ ބޯ ގަސްތަކުގެ ތެރެއިން ލައިފައި ގޮސް ނުކުމެވެނީ ކޯރެއްގެ އައްސޭރިއަކަށެވެ. ފަރުބަދަ މައްޗަށް އެރެނީ އެ ކޯރު ހުރަސްކޮށްފައެވެ. ރަބީޢާއާއި އެންޖެލާއަށް އެ ހިސާބަށް ދެވުނީ ލައްކަ މަސައްކަތުންނެވެ. ފަރުބަދަ މައްޗަށް ދެބައިކުޅަ އެއްބަޔަށް އެރުމަށް ފަހު ރަބީޢާ ބުންޏެވެ.[އަހަންނަކަށް ދެނެއް ނޭރޭނެއެވެ. މާ ބޮޑަށް ވަރުބަލި ވެއްޖެއެވެ. ކުރިއަށް އަރާ ހިތުން އުޅެނީ ކޮއްކޮއެވެ. އަރާށެވެ. ދައްތަ މިތާގައި މަޑުކޮށްގެން އިންނާނަމެވެ.]
[އެންމެ ރަނގަޅެވެ. ފަރުބަދައިގެ ކުރިއަށް އަރައިފައި ވަރަށް އަވަހަށް އެބަ އަންނަމެވެ.] އެންޖެލާ މަޑުމަޑުން ފައުބަދައަށް އަރާން ފަށައިފިއެވެ. އޭރަކު ބަޝީރެއް ނުފެނެއެވެ. އެކަމަކު އޭނާ އުއްމީދުކޮށްގެން ހުރީ ފަރުބަދައިގެ ކޮންމެވެސް ހިސާބަކުން ބަޝީރު ފެންނާނޭ ކަމަށެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ.
ރަބީޢާ އިނީ ހިލަގަނޑެއްގެ މަތީގައި އިށީނދެގެންނެވެ. އެންޖެލާ އަރަމުން ގޮސް ގެއްލުނީމާ އޭނާ ތިރީގައި އޮތް ވާދީގެ ރީތި މަންޒަރުތަކަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވައަތް ފަރާތުން އަންނަ އަސްވާރެކެވެ. އސް ދުވެފައި އައީ މީހެއްގެ ހަރަކާތަކާ ލައިގެންނެއް ނޫނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދުވެފައި އަންނަނީއެވެ. އަސްމަތީގައި އިން މީހަކު ބާރަށް އަރަބި ބަހުން ލަވައެއް ކިޔަމުން ގެނެދެއެވެ. އަސްވާރުގެ ހުދު ހެދުން ފެނިފައި ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ ވާދީއާ ދިމާއަށް ހިނގައިގެންފިއެވެ. އެ އަސްވާރު ކޯރުގެ އައްސޭރިއާ ހަމައަށް ހިނގައްޖެ ނަމަ ހުއްޓުވަން އުނދަގޫވާނެކަން ރަބީޢާއަށް އެނގެއެވެ. އެހެންވީމާ ތަންކޮޅަކަށް ހިނގުމަށް ފަހު އޭނާ ބާރަށް ދުއްވައިގެންފިއެވެ. ކޯރުގެ އައްސޭިއަށް ދެވުނީމާ ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިފިއެވެ. އަސްވާރުގެ އަޑު އަންނަނީ ކައިރި ވަމުންނެވެ. އެޔާއެކު ރަބީޢާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރު ވަމުންނެވެ.
އަސްވާރު ވަރަށް ކައިރިއަށް އައީމާ ރަބީޢާ ބޭނުންވީ ގަހުގެ ހިޔަލުން ނުކުމެ ކުރިމަތީގައި ހުއްޓިގެން ހުންނާށެވެ. އެކަމަކު އެހެން ހަދާކަށް ނުކެރުނެވެ. ލަދާއި ޖެހިލުންވުމުގެ ސަބަބުން ވަގުތުން އެއްވެސް ގޮތެއް ނިންމާކަށް އޭނާއަކަށް ނޭނގުނެވެ. އަސްވާރު ފަސްދީ ތަންކޮޅަކަށް ދިޔައީމާ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ބިރު ހީވާގޮތް ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތް ބުނަމުން ދިޔައެވެ. [މި ކަހަލަ ފަހި ދަނޑިވަޅެއް ދެނެއް ނާންނާނެއެވެ. ހުކުރު ދުވަސް އަންނާން އޮތީ އެންމެ ދެ ދުވަހެވެ.
[މަޑުކުރައްވާށެވެ.] އޭނާ ގަހުގެ ހިޔަލުން ނުކުމެ ހިނގައިގަންނަމުން ގޮވައިލިއެވެ.
ގެންފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް ގޮވައިލެވުނީ އެހައި ބާރަކަށް ނޫނެވެ. އެހެންވީމާ ބަދްރު ބިން މުޣީރާއަކަށް އެ އަޑެއް އިވިވަޑައެއް ނުގަތެވެ. އޭރު ބަދްރު ދެތިން ގަޒެއްގެ ދުރަށް ވަޑައިގެންފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާގެ ފައިތިލަ ހިފަހައްޓައިގެން އޮތް ބިންގަނޑުން މިހާރު އޭނާ ކޯރުގެ އައްސޭރިއާ ދިމާއަށް ކޮއްޕަމުން ދާ ކަހަލައެވެ. އޭނާ ބާރުލައިފައި ކޯރާ ދިމާއަށް ހިނގައިގެންފިއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ގޮސް، އެންމެ ފަހުން ބާރަށް ދުއްވައިގެންފިއެވެ.
[މަޑުކުރައްވާށެވެ. މަޑުކުރައްވާށެވެ.] ދުވުން ބާރުވަމުން ދިޔަ ވަރަށް އޭނާގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. އެ އަޑު އިވިވަޑައިގަތުމުން ބަދްރު އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އަދި އަހުގެ ލަގަނަށް ދަންމަވައިލެއްވިއެވެ. ގަތް ލަދެއްގެ ބޮޑުކަމުން ރަބީޢާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ.
ބަދްރުގެ މޫނުފުޅުމަތީން ފެނުނީ ޙައިރާންކަމުގެ އަސަރެވެ. [ރަބީޢާ... މިތާނގައި... ގިނިކަންޏާ...]
ކުއްލިއަކަށް އަރުވާނޭ ޖަވާބެއް ރަބީޢާއަކަށް ނުވިސްނުނެވެ. ބަދްރު އަހުން ފައިބައިވަޑައިގެންފިއެވެ. [ރަބީޢާ ގޮވައިލެއްވީ ކަމަކާ ކަންބޮޑުވެވަޑައިގެންތޯއެވެ؟]
ރަބީޢާ ޖެހިލުންވެފައި ހުރެގެން އިސް އުފުލައި ބަލައިލިއެވެ. ބަދްރުގެ ހިނިތުންވުމުގައި ވަނީ ހިތްޕުޅުހެޔޮކަމާއި ހަމްދަރްދީއާއި ގާތްކަމުގެ އަސަރެވެ. ރަބީޢާ މަޑުމަޑުން ކުރިއަށް ދތިން ފިޔަވަޅު އަޅައިފިއެވެ. [އަޅުގަނޑު... އަޅުގަނޑު އުޅުނީ ވާހަކައެއް ދަންނަވައިލާން ވެގެންނެވެ.]
[ކޮން ވާހަކައެއްތޯއެވެ؟] ބަދްރު ސުވާލުކުރެއްވިއެވެ.
ބަދްރު ފުރަތަމަ ފަހަރަށް ރަބީޢާއާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެއީ ރީތިކަމާއި ދުޅަހެއުކަމާއި ޒުވާންކަމުގެ ރީތި ނަމޫނާއެކެވެ. މޫނުމަތީން ފެންނާން ހުރި ލަދުވެތިކަމުގެ ސަބަބުން އޭނާގެ އަސަރުގަދަކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބަދްރުގެ ހިތްޕުޅަށްވެސް ފިސާރި ވަރުގަދަ އަސަރެއް ކޮށްފިއެވެ.
[އޭނާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. [އަޅުގަނޑު ގާތު ވާހަކައެއް ވިދާޅުވާން އުޅުއްވީމެއް ނޫންތޯއެވެ.]
ރަބީޢާގެ ލޮލުގައި ބަންދުވެފައި ހުރި ލޯބީގެ ކޯރު މަޑުމަޑުން އުތުރިގެން ބޭރަށް ފައިބާން ފަށައިފި ކަހަލައެވެ. [އަޅުގަނޑު މިތަނަށް އައީ އެންޖެލާއާ އެކުގައެވެ. އޭނާ އެ ފަރުބަދަ މައްޗަށް އަރައިފިއެވެ.]
ބަދްރު ވިދާޅުވިއެވެ. [ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ.]
[އަޅުގަނޑު ކަންބޮޑު ވެގެން މި އުޅެނީ އެހެން ވެގެންނެއް ނޫނެވެ. އަޅުގަނޑު ދަންނަވާން އުޅުނީ މުޅީން އެހެން ވާހަކައެކެވެ. މި ކިއްލާއަކީ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގައި ހުރި ކިއްލާއެކެވެ. މިތާގައި މަނިކުފާނު އުޅުއްވާ ޚަބަރު ކްރިސްޓިއަނުންނަށް ލިބިއްޖެއްޔާ...]
[ފިކުރު ބޮޑު ނުކުރައްވާށެވެ. މެހުމާނުން ރައްކާތެރިކުރާނޭ ގޮތް އަޅުގަނޑުމެން ދަންނަމެވެ.]
[އަޅުގަނޑު މި ދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. އަޅުގަނޑު ބިރުގަންނަނީ މަނިކުފާނަށް ވެދާނޭ ގޮތަކާ މެދުގައެވެ. އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދަކީ މަނިކުފާނެވެ. މި ކިއްލާގައި މަނިކުފާނު އުޅުއްވާކަން ކްރިސްޓިއަނުންނަށް...]
[އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. އަޅުގަނޑު އެތައް ފަހަރަކު އެތައް ފިލާވަޅެއް ކްރިސްޓިއަނުންނަށް ދީފީމެވެ.]
[އެކަމަކުވެސް މަދު މީސްކޮޅަކާއެކު މިތާގައި އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މަނިކުފާނުގެ ފުރާނަފުޅުގެ އަގު ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ނޯކަރު އެނބުރި ގޮސް މަނިކުފާނު މިތާގައި އުޅުއްވާ ވާހަކަ ބުނެފާނެތީވެސް އަޅުގަނޑު ބިރުގަނެއެވެ.]
[ރަބީޢާގެ ބައްޕަ ވިދާޅުވެފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވޭ މީހެކެވެ.]
ރަބީޢާ ހާސްވެފައި ބުންޏެވެ. [ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އެކަމަކު ނޯކަރު ދަތުރުކުރަމުން ދަނިކޮށް ބައެއްގެ އަތްދަށުވެ، އެ ބަޔަކު ދައްކާ ދަހިވެތިކަމަށް ހެއްލިގެން ޚަބަރު ދިނުމަކީވެސް އެކަށީގެންވާ ކަމަކެވެ. އެހެންވީމާ މަނިކުފާނު އުޅުއްވާން ވަނީ ވަރަށް ބޮޑަށް ބައްލަވައިގެންނެވެ.]
(ނުނިމޭ) |
ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި: ޔުނިސެފް | ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެފަރާތުން އެއްބަސްވެވަޑައިގަންނަވަމުންނެވެ. |
ޔޫކޭ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި | ރައީސްޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގަތީ މި މަހު 21 ގައެވެ.ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ ދެކަނބަލުން ހަވީރުގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ނުރަސްމީ ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ހޭދަކުރެއްވީ ހަފުތާއެކެވެ.އެ ދަތުރުފުޅަކީ އަމިއްލަފުޅު ދަތުރުފުޅެއްކަމުން ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއްނުކުރެއެވެ. |
ބިދޭސީންނަށް ނުގަވާއިދުން ކަންކަންކޮށްދީ ފައިސާ ހޯދާ ފަސް އޮފިސަރެއް، ތަހުގީގު ފަށައިފި | މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މުވަައްޒިފުންގެ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮޮށްފައިވާ ކަމަށެވެ.
ބިދޭސީންނަށް ނުގަވާއިދުން ކަންކަންކޮށްދީ ފައިސާ ހޯދަމުންދާ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްސަލަ ފާހަގަކުރެވި ތަހުގީގެއް ފަށައިފި އެވެ.
އެކަން ހާމަކުރެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.މިނިސްޓަރު ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ މުވައްޒިފުންނާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމެއް ކަމަށެވެ.މިގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން،"މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މުވަައްޒިފުންގެ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮޮށްފައިވާ ކަމަށެވެ. މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.އަދި އެދިވަޑަައިގެންނެވީ ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށެވެ.މިފަދަ މަައްސަލައެއް ފެންމަތިވެ ތަހުގީގު މި ފެށީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ނުކުރެވޭ ފަދަ ކާމިޔާބު އަދި ހަރުދަނާ މަސައްކަތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ ވަގުތެއްގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މުޢިއްޒުގެ ދެކަނބަލުން މާލެ ވަޑައިގެންފި | އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން އޭރު ބުނީ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.
Advertisement
މީގެ ކުރިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށްވެސް ވަޑައިގެންފައެވެ. |
ޔޫކޭ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި | ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ނުރަސްމީ ދަތުރުފުޅެކެވެ.މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާ އާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ. ރައީސްގެ ދެ ބޭފުޅުންގެ ތެރެއިން ދޮށީ ދަރިކަނބަލުން މަތީ ތައުލީމަށް ކިޔަވާން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ބައިނަލްއަގުވާމީ ކޯޓުގެ އަމުރު ތަންފީޒުކޮށް ނަތަންޔާހޫ ހައްޔަރުކުރާނަން: އިހުސާން | އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
'އެކްސް'ގައި މިނިސްޓަރު ލިޔުއްވި ގޮތުގައި، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީސީ)ގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ރާއްޖެއިން ތަންފީޒުކުރާނެއެވެ. އިއްޔެ ލިޔުއްވި ޕޯސްޓާ ގުޅިގެން ކުރިމަތިވި ބައެއް ފާޑުކިއުންތަކާ ހުރެ، މިނިސްޓަރު ވަނީ މިއަދު ހެނދުނު މި ވާހަކަ ތަކުރާރުކޮށް ދަންނަވައި އާ ޕޯސްޓެއް ލިޔުއްވައިފައެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ޚާން އެދުނެވެ. އެއީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ނަތަންޔާހޫ ގަލަންޓްގެ އިތުރުން ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނެވެ.
މި އަމުރާ ގުޅިގެން އެކި ގައުމުތަކުން ވަނީ ނަތަންޔާހޫ އެ ގައުމުތަކަށް އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ބުނެފައެވެ. |
އިމިގްރޭޝަން އޮފިސަރުންތަކަކަށް ރިޝްވަތު ނަގައި މައްސަލައެއް ބަލަނީ | ގާނޫނާ ހިލާފަށް ބިދޭސީންނާ ގުޅޭ ބައެއް ކަންކަންކޮށް، މީހުން އަތުން ރިޝްވަތު ނަގަމުންދިޔަ އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، އާއްމުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.އޭގެ ތެރެއިން، އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.މިމައްސަލައިގެ އިތުރު ތަފްސީލްތައް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ."އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" އިހްސާން ވިދާޅުވި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މި ސަރުކާރުން އެކަން ކުރަމުންދަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. މި މަސައްކަތަށް އާންމުންގެ ތަރުހީބު ވެސް ލިބިފައިވެ އެވެ. |
ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނަން: ހޯމް މިނިސްޓަރ | އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޠާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް މިމަހުގެ 21 ވަނަ ދުވަވހު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ ނެރެފައެވެ. މި އަމުރާއި އެކު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން، އައިސީސީ މުއާހަދާގައި ބައިވެރިވާ ކޮންމެ ގައުމަކަށް ނަތަންޔާހޫއާއި ގަލަންޓް ދިޔަޔަސް ހައްޔަރުކޮށް އެ ކޯޓާ ހަވާލުކުރަން މަޖުބޫރު ވާނެއެވެ.
މިކަމާ ގުޅޭގޮތުން އާންމުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން ދަނިކޮށް މިނިސްޓަރ އިހުސާން ވަނީ އެކަންކަމަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ރާއްޖެ އަކީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރާނެ ގައުމެއް ކަމަށް ވިދާޅުވެ، ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނީ، ކޯޓަށް ހުށަހެޅުނު މައްސަލަ ތަހްގީގު ކުރުމަށްފަހު އަމުރު ނެރުމާމެދު މަހެއްހާ ދުވަހު ފުންކޮށް ވިސްނުމަށް ފަހުއެވެ.
އައިސީސީން މިފަދަ އަމުރެއް މި ނެރުނީ، އެކަން ނުކުރުމަށް އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ކޯޓަށް ބޮޑެތި ބިރުދެއްކުންތައް ކުރިއަށް ގެންދަނިކޮށް ވެސްމެއެވެ.
ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހާއި، 2024 ވަނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ކަމަށް އައިސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. |
އަންދަލުސްގެ ބާޒު - 15 | (22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރެއް ނުޖަހައެވެ.]
ބަޝީރު ވިދާޅުވިއެވެ. [ހިނގައި އުޅެން ފެށީމާ އިސާހިތަކު މުޅީން ރަނގަޅު ވެދާނެއެވެ.]
އެންޖެލާ ބުންޏެވެ. [ހޮނިހިރު ދުވަހު ފުރަން ޖެހޭ ވާހަކަ ބައްޕަ އޮތީ ބުނުއްވައިފައެވެ.]
[އެއީ ތެދުފުޅެކެވެ. ތިޔަ ބޭފުޅުންގެ ދަތުރުފުޅަށްޓަކައި ގްރަނާދާއިން އައު ގާޑިޔަލެއް ގެނެވިއްޖެއެވެ.]
[މި ކަހަލަ ވީރާނާ ތަނެއްގައި އުޅުއްވާއިރު ކަންބޮޑުވެވަޑައެއް ނުގަނޭތޯއެވެ؟] އެންމެ ފަހުން ހިތްވަރު ކޮށްފައި އެންޖެލާ އަހައިފިއެވެ.
[ބޮޑެތި ސަހަރުތަކުގެ މީސްތަކުންގެ ތޫފާން އަޅުގަނޑަކަށް ކަމަކު ނުދެއެވެ.]
[ވަރަށް ފަތިހު ބޭރަށް ވަޑައިގަންނަވަމެއް ނޫންތޯއެވެ؟]
[އަޅުގަނޑަކީ ފަތިހު ތެދުވާން އާދަވެފައި ހުރި މީހަކީމެވެ.]
މިހެން ވިދާޅުވެފައި ބަޝީރް ޙަސަން ކުރިއަށް ވަޑައިގެންފިއެވެ. އެންޖެލާ އެނބުރި ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
ރަބީޢާ ބުންޏެވެ. [ހިނގާށެވެ.]
އެންޖެލާ ސިހިފައި އޭނާގެ ދައްތަޔާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ހިތާމަވެރިކަން އެކުލެވޭ ރާގަކަށް އަހައިލިއެވެ.[ދައްތާއެވެ. އެއީ ހިތްގައިމު މީހެއް ނޫން ހެއްޔެވެ؟]
ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ޚިޔާލު ހުރި ގޮތަށް އޭނާގެ ޚިޔާލުވެސް ހުރިއްޔާ ދައްތަ ވަރަށް ދެރަވާނެއެވެ. ކޮއްކޮގެ ދިރިއުޅުމާއި މަގު، އޭނާގެ ދިރިއުޅުމާއި މަގާ ވަރަށް ތަފާތެވެ. ދެމީހުންގެ އަތުގެ ނާރުތައް އެކަކު އަނެކަކާ ނުގުޅެއެވެ.]
އެންޖެލާ އޭނާގެ ކަންބޮޑުވުން ފޮރުވަން ވެގެން ހީނގަތެވެ. [ދައްތާއެވެ. ދައްތަ ހީކުރަނީ ދައްތަގެ ދީނުގެ ޑަކްޓަރަކު ދެކެ އަހަރެން ލޯބިވީ ކަމަށް ހެއްޔެވެ؟]
[ނޫނެކެވެ. ލޯތްބަކީ ކޮއްކޮއަކަށް ވެވޭނޭ އެއްޗެއް ނޫނެވެ. އެ މުގައްދަސް ޖަޒުބާތާ ކޮއްކޮއާ އެއްވެސް ގުޅުމެއް ނެތްކަން ދައްތައަށް އެނގެއެވެ. އެކަމަކު ކަށި ފުންޏެއްގެ ތެރެއަށް ވަދެ ތާށިވުމުގެ ފައިދާއެއް ނެތެވެ. ބައެއް ކަށްޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކަށިތަކުގެ ތެރެއަށް ވަންނަ މީހާގެ ފަސްބައި ވީދި ކުދިކުދި ވާއިރުވެސް ކަށްޓަކަށް އެކަމެއް ނޭނގެއެވެ.]
[ދައްތަގެ ވިސްނުން މުޅިއަކުން ރަނގަޅެއް ނޫނެވެ. ލޯބީގެ ޖަޒުބާތަކީ އަހަންނަކަށްވެސް ބީރައްޓެހި އެއްޗެއް ނޫނެވެ. އަހަރެންގެ ހިތުގެ ވެރިއަކަށް ވާ މީހަކަށްޓަކައި އަހަރެންގެ ހުރިހައި އެއްޗެއް ގުރުބާން ކޮށްލާނަމެވެ. އެކަމަކު އެ މީހަކީ އަހަރެންގެ ދީން ނޫން ދީނެއްގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ބޮޑެތި ސަހަރުތައް ދެކެ ފޫހިވާ މީހަކަށްވެސް ވެގެން ނުވާނެއެވެ. އަހަންނަކީ ގަނޑުފެނުގެ ފަރުބަދައަކުން އަލިފާން ކަންޏެއް ފެނިދާނޭ ކަމަށް ބަލާވަރުގެ މޮޔައަކީމެއް ނޫނެވެ. އަހަރެންގެ ހިތުގައި ބަޝީރްގެ މައްޗަށް އެއްވެސް ކަހަލަ ކުލުނެއް އިތިއްޔާ އެއީ ދައްތައަށް ބޭސްކުރާތީ އޮތް ކުލުނެކެވެ. ދައްތައަށް ކަމުނުދާ ކަމަށް ވަންޏާ އަހަރެން މީގެ ފަހުން އޭނާއާ ދިމާއަށް އިސް އުފުލައި ބަލައިވެސް ނުލާނަމެވެ. މީގެ ފަހުން ދައްތަޔާއެކީ ހިނގާކަށްވެސް ނާންނާނަމެވެ.]
ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ.]
(3)
ރަބީޢާގެ ކަންބޮޑުވުން ދުވަހަށްވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ. ހުކުރު ދުވަސް ޖެހެން އެންމެ ދެ ދުވަހަށް ވެއްޖެއެވެ. ރަބީޢާ ފަތިސް ނަމާދުން ފޭބިއިރު އެންޖެލާ އިނީ ހިނގާން ދާން ތައްޔާރު ވެގެންނެވެ. ފަތިހު ތިމަންވެސް ދާނަމޭ މާރިޔާ ކޮންމެ ރެޔަކު ނިދުމުގެ ކުރީން ބުނެއެވެ. އެކަމަކު ފަތިހު ގޮވީމާ ބޮލުގައި ރިއްސަނީއޭ ކިޔައި ބަހަނާއެއް ދެއްކުމަށް ފަހު ނުތެދުވެ އޮވެދެއެވެ. އެކަމަކު މާ ދުރަށް ނުދައްޗޭ، މިއީ ވަރަށް ނުރައްކާތެރި ބައެކޭ ކިޔައިގެން އެންޖެލާއަށް ނަސޭހަތް ދެއެވެ.
މިއަދުވެސް ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ވެގެން މަންމައަށް ގޮވިއެވެ. އެކަމަކު އޭނާ ތެދުވާ ފިކުރެއް ނުކުރިއެވެ. އެކަމާ އެންޖެލާ އުފާވެސް ކުރިއެވެ. [ދައްތާއެވެ. ހިނގާށެވެ. ދެ މީހުން ގޮސް ވާދީ ހުރަސްކޮށްފައި މިއަދު ފަރުބަދަ މައްޗަށް އަރަން ވާނެއެވެ.]
އެ ފަރުބަދައަކީ ފަތިހު އާއްމު ގޮތެއްގައި ބަޝީރު ވަޑައިގެން އުޅުއްވާ ފަރުބަދައެވެ. ވާދީގެ ބޯ ގަސްތަކުގެ ތެރެއިން ލައިފައި ގޮސް ނުކުމެވެނީ ކޯރެއްގެ އައްސޭރިއަކަށެވެ. ފަރުބަދަ މައްޗަށް އެރެނީ އެ ކޯރު ހުރަސްކޮށްފައެވެ. ރަބީޢާއާއި އެންޖެލާއަށް އެ ހިސާބަށް ދެވުނީ ލައްކަ މަސައްކަތުންނެވެ. ފަރުބަދަ މައްޗަށް ދެބައިކުޅަ އެއްބަޔަށް އެރުމަށް ފަހު ރަބީޢާ ބުންޏެވެ.[އަހަންނަކަށް ދެނެއް ނޭރޭނެއެވެ. މާ ބޮޑަށް ވަރުބަލި ވެއްޖެއެވެ. ކުރިއަށް އަރާ ހިތުން އުޅެނީ ކޮއްކޮއެވެ. އަރާށެވެ. ދައްތަ މިތާގައި މަޑުކޮށްގެން އިންނާނަމެވެ.]
[އެންމެ ރަނގަޅެވެ. ފަރުބަދައިގެ ކުރިއަށް އަރައިފައި ވަރަށް އަވަހަށް އެބަ އަންނަމެވެ.] އެންޖެލާ މަޑުމަޑުން ފައުބަދައަށް އަރާން ފަށައިފިއެވެ. އޭރަކު ބަޝީރެއް ނުފެނެއެވެ. އެކަމަކު އޭނާ އުއްމީދުކޮށްގެން ހުރީ ފަރުބަދައިގެ ކޮންމެވެސް ހިސާބަކުން ބަޝީރު ފެންނާނޭ ކަމަށެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ.
ރަބީޢާ އިނީ ހިލަގަނޑެއްގެ މަތީގައި އިށީނދެގެންނެވެ. އެންޖެލާ އަރަމުން ގޮސް ގެއްލުނީމާ އޭނާ ތިރީގައި އޮތް ވާދީގެ ރީތި މަންޒަރުތަކަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވައަތް ފަރާތުން އަންނަ އަސްވާރެކެވެ. އސް ދުވެފައި އައީ މީހެއްގެ ހަރަކާތަކާ ލައިގެންނެއް ނޫނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދުވެފައި އަންނަނީއެވެ. އަސްމަތީގައި އިން މީހަކު ބާރަށް އަރަބި ބަހުން ލަވައެއް ކިޔަމުން ގެނެދެއެވެ. އަސްވާރުގެ ހުދު ހެދުން ފެނިފައި ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ ވާދީއާ ދިމާއަށް ހިނގައިގެންފިއެވެ. އެ އަސްވާރު ކޯރުގެ އައްސޭރިއާ ހަމައަށް ހިނގައްޖެ ނަމަ ހުއްޓުވަން އުނދަގޫވާނެކަން ރަބީޢާއަށް އެނގެއެވެ. އެހެންވީމާ ތަންކޮޅަކަށް ހިނގުމަށް ފަހު އޭނާ ބާރަށް ދުއްވައިގެންފިއެވެ. ކޯރުގެ އައްސޭިއަށް ދެވުނީމާ ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިފިއެވެ. އަސްވާރުގެ އަޑު އަންނަނީ ކައިރި ވަމުންނެވެ. އެޔާއެކު ރަބީޢާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރު ވަމުންނެވެ.
އަސްވާރު ވަރަށް ކައިރިއަށް އައީމާ ރަބީޢާ ބޭނުންވީ ގަހުގެ ހިޔަލުން ނުކުމެ ކުރިމަތީގައި ހުއްޓިގެން ހުންނާށެވެ. އެކަމަކު އެހެން ހަދާކަށް ނުކެރުނެވެ. ލަދާއި ޖެހިލުންވުމުގެ ސަބަބުން ވަގުތުން އެއްވެސް ގޮތެއް ނިންމާކަށް އޭނާއަކަށް ނޭނގުނެވެ. އަސްވާރު ފަސްދީ ތަންކޮޅަކަށް ދިޔައީމާ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ބިރު ހީވާގޮތް ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތް ބުނަމުން ދިޔައެވެ. [މި ކަހަލަ ފަހި ދަނޑިވަޅެއް ދެނެއް ނާންނާނެއެވެ. ހުކުރު ދުވަސް އަންނާން އޮތީ އެންމެ ދެ ދުވަހެވެ.
[މަޑުކުރައްވާށެވެ.] އޭނާ ގަހުގެ ހިޔަލުން ނުކުމެ ހިނގައިގަންނަމުން ގޮވައިލިއެވެ.
ގެންފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް ގޮވައިލެވުނީ އެހައި ބާރަކަށް ނޫނެވެ. އެހެންވީމާ ބަދްރު ބިން މުޣީރާއަކަށް އެ އަޑެއް އިވިވަޑައެއް ނުގަތެވެ. އޭރު ބަދްރު ދެތިން ގަޒެއްގެ ދުރަށް ވަޑައިގެންފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާގެ ފައިތިލަ ހިފަހައްޓައިގެން އޮތް ބިންގަނޑުން މިހާރު އޭނާ ކޯރުގެ އައްސޭރިއާ ދިމާއަށް ކޮއްޕަމުން ދާ ކަހަލައެވެ. އޭނާ ބާރުލައިފައި ކޯރާ ދިމާއަށް ހިނގައިގެންފިއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ގޮސް، އެންމެ ފަހުން ބާރަށް ދުއްވައިގެންފިއެވެ.
[މަޑުކުރައްވާށެވެ. މަޑުކުރައްވާށެވެ.] ދުވުން ބާރުވަމުން ދިޔަ ވަރަށް އޭނާގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. އެ އަޑު އިވިވަޑައިގަތުމުން ބަދްރު އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އަދި އަހުގެ ލަގަނަށް ދަންމަވައިލެއްވިއެވެ. ގަތް ލަދެއްގެ ބޮޑުކަމުން ރަބީޢާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ.
ބަދްރުގެ މޫނުފުޅުމަތީން ފެނުނީ ޙައިރާންކަމުގެ އަސަރެވެ. [ރަބީޢާ... މިތާނގައި... ގިނިކަންޏާ...]
ކުއްލިއަކަށް އަރުވާނޭ ޖަވާބެއް ރަބީޢާއަކަށް ނުވިސްނުނެވެ. ބަދްރު އަހުން ފައިބައިވަޑައިގެންފިއެވެ. [ރަބީޢާ ގޮވައިލެއްވީ ކަމަކާ ކަންބޮޑުވެވަޑައިގެންތޯއެވެ؟]
ރަބީޢާ ޖެހިލުންވެފައި ހުރެގެން އިސް އުފުލައި ބަލައިލިއެވެ. ބަދްރުގެ ހިނިތުންވުމުގައި ވަނީ ހިތްޕުޅުހެޔޮކަމާއި ހަމްދަރްދީއާއި ގާތްކަމުގެ އަސަރެވެ. ރަބީޢާ މަޑުމަޑުން ކުރިއަށް ދތިން ފިޔަވަޅު އަޅައިފިއެވެ. [އަޅުގަނޑު... އަޅުގަނޑު އުޅުނީ ވާހަކައެއް ދަންނަވައިލާން ވެގެންނެވެ.]
[ކޮން ވާހަކައެއްތޯއެވެ؟] ބަދްރު ސުވާލުކުރެއްވިއެވެ.
ބަދްރު ފުރަތަމަ ފަހަރަށް ރަބީޢާއާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެއީ ރީތިކަމާއި ދުޅަހެއުކަމާއި ޒުވާންކަމުގެ ރީތި ނަމޫނާއެކެވެ. މޫނުމަތީން ފެންނާން ހުރި ލަދުވެތިކަމުގެ ސަބަބުން އޭނާގެ އަސަރުގަދަކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބަދްރުގެ ހިތްޕުޅަށްވެސް ފިސާރި ވަރުގަދަ އަސަރެއް ކޮށްފިއެވެ.
[އޭނާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. [އަޅުގަނޑު ގާތު ވާހަކައެއް ވިދާޅުވާން އުޅުއްވީމެއް ނޫންތޯއެވެ.]
ރަބީޢާގެ ލޮލުގައި ބަންދުވެފައި ހުރި ލޯބީގެ ކޯރު މަޑުމަޑުން އުތުރިގެން ބޭރަށް ފައިބާން ފަށައިފި ކަހަލައެވެ. [އަޅުގަނޑު މިތަނަށް އައީ އެންޖެލާއާ އެކުގައެވެ. އޭނާ އެ ފަރުބަދަ މައްޗަށް އަރައިފިއެވެ.]
ބަދްރު ވިދާޅުވިއެވެ. [ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ.]
[އަޅުގަނޑު ކަންބޮޑު ވެގެން މި އުޅެނީ އެހެން ވެގެންނެއް ނޫނެވެ. އަޅުގަނޑު ދަންނަވާން އުޅުނީ މުޅީން އެހެން ވާހަކައެކެވެ. މި ކިއްލާއަކީ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގައި ހުރި ކިއްލާއެކެވެ. މިތާގައި މަނިކުފާނު އުޅުއްވާ ޚަބަރު ކްރިސްޓިއަނުންނަށް ލިބިއްޖެއްޔާ...]
[ފިކުރު ބޮޑު ނުކުރައްވާށެވެ. މެހުމާނުން ރައްކާތެރިކުރާނޭ ގޮތް އަޅުގަނޑުމެން ދަންނަމެވެ.]
[އަޅުގަނޑު މި ދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. އަޅުގަނޑު ބިރުގަންނަނީ މަނިކުފާނަށް ވެދާނޭ ގޮތަކާ މެދުގައެވެ. އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދަކީ މަނިކުފާނެވެ. މި ކިއްލާގައި މަނިކުފާނު އުޅުއްވާކަން ކްރިސްޓިއަނުންނަށް...]
[އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. އަޅުގަނޑު އެތައް ފަހަރަކު އެތައް ފިލާވަޅެއް ކްރިސްޓިއަނުންނަށް ދީފީމެވެ.]
[އެކަމަކުވެސް މަދު މީސްކޮޅަކާއެކު މިތާގައި އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މަނިކުފާނުގެ ފުރާނަފުޅުގެ އަގު ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ނޯކަރު އެނބުރި ގޮސް މަނިކުފާނު މިތާގައި އުޅުއްވާ ވާހަކަ ބުނެފާނެތީވެސް އަޅުގަނޑު ބިރުގަނެއެވެ.]
[ރަބީޢާގެ ބައްޕަ ވިދާޅުވެފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވޭ މީހެކެވެ.]
ރަބީޢާ ހާސްވެފައި ބުންޏެވެ. [ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އެކަމަކު ނޯކަރު ދަތުރުކުރަމުން ދަނިކޮށް ބައެއްގެ އަތްދަށުވެ، އެ ބަޔަކު ދައްކާ ދަހިވެތިކަމަށް ހެއްލިގެން ޚަބަރު ދިނުމަކީވެސް އެކަށީގެންވާ ކަމަކެވެ. އެހެންވީމާ މަނިކުފާނު އުޅުއްވާން ވަނީ ވަރަށް ބޮޑަށް ބައްލަވައިގެންނެވެ.]
(ނުނިމޭ) |
ބީއެމްއެލް މުވައްޒަފުންގެ ޗެރިޓީ ދުވުން ބާއްވައިފި | ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓާފް ޗެރިޓީ ރަން ބާއްވައި ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސްއަށް ފައިސާގެ އެހީތެރިކަން މިއަދު ފޯރުކޮށްދީފި އެވެ.މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށް ފަހު އެ ޖަމިއްޔާއަށް ބޭންކުން ވަނީ 50،000ރ. ހަދިޔާ ކޮށްފަ އެވެ.ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުންވެސް ބައިވެރިވިއެވެ.މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައް ކުރާ ޖަމިއްޔާތަކަށް އެހީވުމަށް ބީއެމްއެލް މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. |
އެންސްޕާއާ އެމްއެމްޓީވީއާ ގުޅުވާ ފަތުރަނީ ދޮގެއް، ތަހުގީގަށް ގޮވާލައިފި | "އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވ މުއާމަލާތެއް ނޫނެވެ،"
ރޭގެ ވަގުތެއްގައި ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފި އެވެ.
އެމްއެމްޓީވީ ހިންގަނީ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާ އެތަނަށް ކުލި ދައްކަނީ އެންސްޕާ އިން ކަމަށް ބުނެ ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން ދެ އެވެ. މި ޓީވީ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފާ އެއްބަސްވުން ހެދުމަށް ފަހު އެތަނުގައި ޓީވީ ސްޓޭޝަން ހިންގަން ފެށީ ކަމަށް ބުނެ އެވެ.އެ ވާހަކަތައް ދޮގުކޮށް އެންސްޕާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ މާލީ ވުޒާރާއާ އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަަށެވެ. "އެއީ މި އެޖެންސީ [އެންސްޕާ] އާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫނެވެ،" އެންސްޕާ ހިންގުމަށް މުވައްޒިފުން ހޯދުމާއި އެ މުވައްޒިފުންގެ ޒިންމާތައް ހަވާލު ކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަމެެއް ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެ އެޖެންސީއާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. މިފަދަ ދޮގު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް ކަމާބެހޭ އިދާރާއަށް ހުށައާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.އަދި އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އޭސީސީއަށް ވެސް ވަނީ ގޮވާލާފަ އެވެ.އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފާ އެތަނުގައި އެމްއެމްޓީވީ ހިންގާ ކަން ފުރަތަމަ އާންމުކުރީ "ހަސަންކުރުސީ" އެކައުންޓުންނެވެ. ރައީސް މުއިއްޒުގެ އިރުޝާދަށް ހިންގާ ކަމަށް ބުނާ އެ ޗެނަލްއާ ގުޅޭ ވަރަށް ގިނަ ވާހަކަތައް އެ އެކައުންޓުން ރެެއިން ފެށިގެން ހާމަކޮށްފައިވެ އެވެ.ފަހުން ބައެއް ނޫސްތަކުން ވެސް އެ ވާހަކަތައް ރިޕޯޓް ކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
ތިމާއަށާ ތިމާ ދިރިއުޅޭގެއަށް އެންމެ ފައިދާހުރި ޛިކުރުކުރުން ގިނަކުރާށެވެ! | "އަހުރެންނަކީ ކުޑަ 3 ދަރިން ބަލަމުން އަންނަ މައަކީމެވެ. އެހެންވެ ޤުރްއާން ކިޔަވަން އިށީނދެއްޖެނަމަ ކުދިން އައިސް އުނދަގޫކުރާވަރުން އޮންނަނީ ނުކިޔެވިފައެވެ. ކިރިޔާވެސް ވަޤުތުކޮޅެއް ލިބެނީ ނަމާދަށް ހުންނައިރުއެވެ. އެހެންވެ ވީހާ ދިގުކޮށް ކިޔަވައިގެން ނަމާދުކުރަން މަސައްކަތްކުރަމެވެ."
މިހުރީ ބައެއް މައިންގެ ޙާލުހުރި ގޮތެވެ. ކިޔަވަން އިނުމުގެ ފުރުޞަތު ފަހިވެފައި އޮތް ނަމަވެސް އެކަމަށް ސަމާލުކަން ނުދެވޭ މީހުން މިމައިމީހާ އެބުނާ ވާހަކަކޮޅަށް ވިސްނައިލުން ކީއްހެއްޔެވެ؟
އެއްވެސް ޝައްކެއް ނެތެވެ. އެންމެ މަތިވެރި ޛިކުރުކުރުމަކީ ޤުރްއާން ކިޔެވުމެވެ. ވީމާ އެއީ އެންމެ މަތިވެރި އަޅުކަމެކެވެ. އަދި ލިބޭ ޘަވާބު ވަރަށް ގިނަ އަޅުކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާތީއެވެ. ކީރިތި ޤުރްއާން އަޑުއެހުމަކީވެސް އަޅުކަމެކެވެ. އުނގެނުމަކީވެސް އަޅުކަމެކެވެ. އުނގަންނައިދިނުމަކީވެސް އަޅުކަމެކެވެ. ވީމާ ހަމައެކަނި ކިޔަވާލައިގެން ފުއްދައިނުލާށެވެ!
ޤުރްއާން ކިޔަވާ ގޭގެ ވަށައިގެން މަލާއިކަތުން ތިއްބަވަތެވެ. ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވަތެވެ. އަބަދުވެސް ހަނދާންކޮށްދޭފަދައިން އެގެއެއްގައި ބަޤަރާ ސުރަތް ކިޔަވާ ގެއަކާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ޝައިޠޯނުންނަށް އެގެ ނުވެސް ފެންނާނެއެވެ. އިން ޝާ ﷲ
ރަނގަޅަށް ބަލާށެވެ. އެގެއެއްގެ އެންމެން ޤުރްއާން ކިޔާނަމަ އެގެއެއްގައި އޮންނާނީ ހަމަޖެހުމެވެ. ގެއަށް ރިޒްޤް އިތުރުވާނެއެވެ. މިއީ އަބަދުވެސް ލޯމައްޗަށް ފެންނަމުން އަންނަ ކަންކަމެވެ.
ޤުރްއާން ނުކިޔަވާ ގެތަކުގައި ހާލިހަދައިގެން ޝައިޠާނުން ތިބެއެވެ. ﷲ ތައާލާގެ ރަޙްމަތް އުނިވެގެންދެއެވެ. ޤުރްއާން ނުކިޔަވާ ގެތައް ރަސޫލް ﷺ ސިފަކުރައްވަވާފައިވަނީ ވީރާނާވެފައިވާ ފަޅުތަންތަނުގެ ގޮތުގައެވެ.
ވީމާ ކޮންމެ ދުވަހަކުވެސް އަދި ރޭގަނޑުވެސް ގެތަކުގައި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން |
އެކައުންޓް ހެކްކޮށް ހިންގި ސްކޭމް: ފުލުސް މީހާގެ ބައިވެރިވުމެއް ނެތް | އެ ސްކޭމް ގައި ތިން މީހެއްގެ ޖުމްލަ 101000 ރުފިޔާ ހޯދާފައިވާ ކަމަށާ އެ ފައިސާ ބޭންކު އެކައުންޓް ކޮމްޕޮރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައެވެ.
އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދި މައްސަލާގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަވެފައި ނެތް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވައިބާ އެކައުންޓް ކޮމްޕޮރޮމައިޒް ކޮށްގެން އެމީހާ ދަންނަ އެތައް ބަޔަކަށް މެސެޖުކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދި މި ސްކޭމްގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފުލުސް މީހާއާ އޭނާގެ އަންހެނުންގެ ފޮޓޯއާ މައުލޫމާތު ހިމަނައިގެން ބަޔަކު ދަނީ ޕޯސްޓްތަކެއް ކުރަމުންނެވެ.ފުލުސް މީހާ ވަނީ އެ ތުހުމަތު ދޮގުކޮށް މައްސަލަ ފުލުހަށް ހުށައަަޅާފަ އެވެ.ފުލުހުން މިރޭ ބުނީ އެ ސްކޭމް ގައި ތިން މީހެއްގެ ޖުމްލަ 101000 ރުފިޔާ ހޯދާފައިވާ ކަމަށާ އެ ފައިސާ ބޭންކު އެކައުންޓް ކޮމްޕޮރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ފައިސާގެ ތެރެއިން 5600 ރުފިޔާ ފައިސާ ދައުރުވި އެކައުންޓްތަކުން އެކައުންޓެއްގައި ހޯލްޑްވެފައިވާ ކަމަށެވެ.އެ މައްސަލާގައި ފުލުހަކަށް ތުހުމަތު ކުރި ނަމަވެސް އެ މީހާގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި އޮތްކަން މިހާތަނަށް ފާހަގަވެފައި ނެތް ކަމަށް ވެސް ބުންޏެވެ. އަދި ފައިސާ ޖަމާކޮށްފައި ވަނީ އެ ފުލުސް މީހާގެ އަންހެނުންގެ ނަމުގައި އޮތް އެކައުންޓަކަށް ވިޔަސް އެ އެކައުންޓް އެހެން ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.މައްސަލައިގެ ތަހުގީގުގެ ކޮންމެ ހިސާބަކުން ނަމަވެސް ފުލުހެއްގެ ބައިވެރިވުން އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ މައްސަލަ ތަހުގީގުކޮށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ |
އިޒްރޭލުގެ ގަތުލުއާންމުތައް ހުއްޓާލަން ދުނިޔެއިން ފުރިހަމަ ބާރު ބޭނުންކުރަން ރައީސް ގޮވާލައްވައިފި | އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ފުރިހަމަ ބާރުގެ ބޭނުންކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށް ފާހަގަކުރާ ދުވަހާ ގުޅުވައި 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ވަނީ، ފަލަސްތީނުން އިންސާފު ހޯދައި ސުލްހަވެރިކަމާ އެކު އުޅުމުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފަލަސްތީނާ އެކު ރާއްޖެއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައިފައެވެ.
"އިޒްރޭލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އޮންނަ އޮތުން ނިމުމަކަށް ގެނެސް، ހަނގުރާމަ އާއި ގަތުލުއާންމުގެ ކުށްތަކުގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށްވެ، ސިޔާސީ އަދި އިގްތިސޯދީ ބާރުގެ ބޭނުން ހިފުމަށް ގޮވާލަން،" އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މައްސަލަ ހައްލުވެގެން ދާނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި އެ ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ ވެރި ރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުމުން ކަމަށް ސަރުކާރުން ބުނާ ބުނުން ރައީސް ތަކުރާރުކުރެއްވިއެވެ. |
އެންސްޕާގެ ޚިދުމަތް ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ފަހު، އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފައި، އެއިން 2 ބުރި މުއިއްޒުގެ ޓީވީ ސްޓޭޝަނަށް | އެންސްޕާ އިން 34.80 މިލިއަން ރުފިޔާގެ އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ރައީސް މުއިއްޒު ހިންގަވާ އެމްއެމް ޓީވީ ހިންގާ ކުންފުންޏާއި އެކު ސޮއިކޮށްފިއެވެ. އެމްއެމް ޓީވީ ހިންގާ މި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއި ކޮށްފައި ވަނީ 5 އަހަރުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000 ރުފިޔާއަށެވެ.
މިއީ އެންސްޕާއަށް އަމިއްލައަށް ގެއެއްގެ ވެރިފަރާތާއި އެކީ އެއްބަސްވުން ހަދައިގެން ތަނެއް ކުއްޔަން ހިފެން އޮއްވާ، ރައީސް މުއިއްޒުއަށް ނާޖާއިޒް ގޮތުގައި ދައުލަތުގެ ފައިސާއިން މަންފާ ހޯދައި ދިނުމަށް ހިންގާފައިވާ އަނިޔާވެރި ކޮރަޕްޓް އަމަލެކެވެ.
މި އެއްބަސްވުމުގެ ދަށުން، މީޑިއާ ހައުސްއިން މ. ސީރާޒީގޭ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވެއެވެ. އޭގެ ތެރެއިން 2 ފަންގިފިލާ އެންސްޕާ އަށް ދޫކޮށްފައިވާއިރު، އަނެއް 2 ފަންގިފިލާ ބޭނުންކުރަނީ މުއިއްޒުގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށެވެ.
އެންސްޕާއިން ދޭ ޚިދުމަތްތައް އެތައް ގުނައަކަށް އުނިކޮށް، އެންސްޕާއިން ދޭ ކޮންމެ ޚިދުމަތަކީ ލޯނެއް ގޮތުގައި އާންމުން ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައެޅުމަށްފަހު، ރައީސް މުއިއްޒު ބޮޑުކޮށް އެންސްޕާއިން އޭނާގެ ޓީވީ ސްޓޭޝަން ހަދާފައިވާ ތަނަށް ކުލި ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް، އެންސްޕާއިން ބޮޑު އަގު ނަގައިގެން ހިންގުމަކީ ރައްޔިތުންނާއި މެދު އެއްވެސް މިންވަރެއްގެ އޯގާތެރި ކަމެއް ނެތްކަން ސާފުކޮށް ހާމަވާ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.
މި ކުންފުނި ރަޖިސްޓްރީ ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މިއީ ސަރުކާރުގެ އިދާރާތަކަށް ކުއްޔަށް ދިނުމުގެ ޚިދުމަތް ދިނުމުގެ ތަޖުރިބާއެއް ނެތް ކުންފުންޏެއްވެސް މެއެވެ.
މިހާރު އެންސްޕާއިން ހިސާބުތަކުގައި ރެކޯޑު ކުރެވިފައިވާ ގޮތުން، ދެ ފަންގިފިލާއަށް މަހަކު 580،000 ރުފިޔާ ދައްކަމުންދެއެވެ. ނަމަވެސް، މި 580،000ރ އަކީ 4 ފަންގިފިލާގެ އަގެވެ. |
A comprehensive collection of news articles in Thaana script, extracted from various Maldivian news sources.
Each record in the dataset contains:
title: The article title in Thaana scriptcontent: The main article content in Thaana scriptThis dataset is regularly updated with new articles. Updates are performed incrementally, preserving existing data while adding new content.
This dataset is ideal for:
The data is collected from various Maldivian news websites and processed to extract clean, structured content. Each article undergoes validation to ensure data quality.